ހުޅުމާލެ ހޮސްޕިޓަލްގައި ކަށީގެ އޮޕަރޭޝަންތައް ކުރަން ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގައި ކުރި ފުރަތަމަ ކަށީގެ އޮޕަރޭޝަންގެ ތެރެއިން--- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

އާސަންދަ ކުންފުނީގެ ފަރާތުން ހުޅުމާލޭގައި ހިންގަމުންދާ އާސަންދަ ހޮސްޕިޓަލްއިން ކަށީގެ ކުދިކުދި އޮޕަރޭޝަންތައް ފަށައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދުު "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލްއިން ކަށީގެ ކުދިކުދި އޮޕަރޭޝަންތައް ފެށީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އެ އޮޕަރޭޝަންތއް ކުރިއަށް ގެންދަނީ އައިޖީއެމްއެޗްގެ ކަށީގެ ޑޮކްޓަރުން ގެނެސްގެން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ނިންމީ އެ ހޮސްޕިިޓަލްގެ ވެއިޓިން ލިސްޓު ދިގުކަމުން ކަަމށް މާރިޔާ ވިދާޅުވިއެވެ. މިހާރު އެ ހޮސްޕިޓަލްގައި ހުންނަނީ ބޭރުގައުމަކަށް ނިސްބަތްވާ ކަށީގެ އެންމެ ޑޮކްޓަރެކެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި އޯޕީޑީގައި މިހާރު ކޮންމެ ބުރާސްފަތި ދުވަހަކު އައިޖީއެމްއެޗްގެ ޑޮކްޓަރުން ބައްލަވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އާބދާ އިތުރުވަމުންދާތީ ހިދުމަތް ހޯދަން އަންނަ މީހުން އިތުރުވެފައިވާ ކަަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ޖުމްލަކޮށް މިހާރުވެސް އެ ހޮސްޕިޓަލުން 1000 އެއްހާ ހިދުމަތް ދުވާލަކު މިހާރު ހޯދަމުންދާ ކަމަށެވެ.

comment ކޮމެންޓް