"ދޯސްތާނާ 2"ގެ ޝޫޓިން ފަށައިފި

ކާތިކް އާއި ޖާންވީ---

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ކޮލިން ޑައިރެކްޓު ކުރާ ފިލްމު 'ދޯސްތާނާ 2'ގެ ޝޫޓިން ފަށައިފިއެވެ.

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލު ކާތިކް އާރްޔަން އާއި ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ މީގެ 11 އަހަރުކުރިން ރިލީޒްކުރި ދޯސްތާނާގެ ސީކުއަލްއެކެވެ.

އެފަހަރު ފިލްމުގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ ޔަންކާ ޗޯޕްރާ، އަބީޝެކް ބައްޗަން އަދި ޖޯން އަބްރަހަމް އެވެ.

ދޯސްތާނާ 2 ގައި އެދެތަރިންގެ އިތުރުން ބޮލީވުޑަށް އަލަށް ތައާރަފްވާ ބަތަލާ އެއްވެސް ހަރަކާތްތެރިވެއެވެ. ލަކްޝާޔާ، އެ ފިލްމުގައި ކުޅޭނީ ޖާންވީ އާ ދެބޭންގެ ރޯލެވެ.

ފިލްމުގެ ޝޫޓިން ޗަންދީގަރްގައި ފެށިއިރު އިންޑިއާގެ އެކި ސިޓީތަކުގެ އިތުރުން އިންޑިއާގެ ބޭރުންވެސް ގިނަ މަންޒަރުތަކެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމަކުން ކާރްތިކް ފެނިގެންދާ ފުރަތަމަ ފަހަރެވެ. އަދި 'ދޯސްތާނާ 2' ވެގެންދާނީ ކޮލިން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް