މަސްތުގެ ހާލުގައި މަހާނަ ކޮންނަނިކޮށް މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

ކުޅުދުއްފުށީގެ މީހަކު މަސްތުވެ ހާލުގައި ކޮންނަމުން ދިޔަ ގަބުރުސްތާނުގެ މަހާނަ--- ފޮޓޯ: ކޭއޯ

މަސްތުގެ ހާލުގައި ހުރި މީހަކު ކުޅުދުއްފުށީގެ ގަބުރުސްތާނުގެ މަހާނަ އެއް ކޮންނަނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ރޭ 6:30 ގައި ކުޅުދުއްފުށީގެ ކުޑަ މިސްކިތުގެ ގަބުރުސްތާނުގެ މަހާނައެއް ކޮންނަން އިން 19 އަހަރުގެ ފިރިހެނެއް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަަމަށްވެސް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން މީހުން ވަޅުލާ ގަބުރުސްތާނެވެ.

މީގެ ކުރިން މާލޭގެ ގަބުރުސްތާނުގައިވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަހާނަތައް ކޮނެ އުޅެ އެވެ.

comment ކޮމެންޓް