ޕާކިސްތާނުގެ އެއާފޯސްގެ މިއުޒިއަމްގައި އިންޑިއާގެ ޕައިލެޓްގެ މެނިކުއިންއެއް ސައިޖޯޑާއެކު

ޕާކިސްތާނުގެ އެއާފޯސްގައި އެގައުމުން އަތުލައިގެން އިންޑިއާގެ ޕައިލެޓްގެ މެނިކުއިންއާއި ސައިޖޯޑް

ދާދި ފަހުން ޕާކިސްތާނާ އިންޑިއާއާއެކު ބަދަލުކުރި ހަމަލާތަކުގައި ޕާކިސްތާނުގެ ބެލުމުގެ ދަށަށް ގެނައި އިންޑިއާގެ އެއާފޯސްގެ ޕައިލެޓް އަބީނަންދަން ވާރުތަމަންގެ މެނިކުއިންއެއް ޕާކިސްތާނުގެ އެއާފޯސްގެ މިއުޒިއަމްގައި ބަަހައްޓައިފިއެވެ.

ޕާކިސްތާނުން އަބީނަންދަން އަތުލައިގަތީ އޭނާ ދުއްވަމުންދިޔަ ފައިޓާ ޖެޓް އެގައުމުގެ ވައިގެ ސަރަހައްދަށް ވަނުމުން އެ ޖެޓްް ވައްޓާލައިގެންނެވެ. ނަމަވެސް އަބީނަންދަން އަތުލައިގަތްތާ ދެ ދުވަސްފަހުން ޕާކިސްތަނޫން ވަނީ ސުލްހައިގެ ރަމްޒެއްގެގޮތުން އޭޏާ ދޫކޮށްލައިފައެވެ.

އަބީނަންދަން ޕާކިސްތާނުގައި ހައްޔަރުގަިއ ހުރިއިރު ސައިބޯތަން ފެންނަ ވީޑިއޯއެއްްވެސް އެގައުމުން އާންމުކުރިއެވެ. އެ ވީޑިއޯގައި ސައި ވަރަށް މީރުކަމަށްވެސް އޭނާ ބުނާތަންވެސް ފެނެއެވެ. އެއާފޯސް މިއުޒިއަމްގައި އެ ސައިޖޯޑުވެސް ވަނީ ބަހައްޓައިފައެވެ.

އަބީނަންދަންގެ މެނިއުކުއިންއެއް ބެހެއްޓުމުން އިންޑިއާގެ މީހުން މިހާރުވެސް ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އިންސާނީ ގަދަރާއި ކަރާމަތަށް ބެލުމެއްނެތި ކުރި ދަށުދަރަޖައިގެކަމެއްގެ ގޮތުގައި އެކަން ވަނީ ސިފަކޮށްފައެވެ.

މީގެ ކުރިންވެސް ޕާކިސްތާނުން ވަނީ އެފަދަކަމެއް ކޮށްފައެވެ. އެގޮތުން ކްރިކެޓް ވޯލްޑްކަޕާ ދިމާކޮށް ޕާކިސްތާނުގެ ޗެނަލްއަކުން ވަނީ އަބީނަންދަންއަށް ޖޯކުޖަހައި ސައިޖޯޑެއް ހިފަހައްޓައިގެން ހުންނަ އިޝްތިހާރެއް ދައްކައިފައެވެ.

comment ކޮމެންޓް