ޓީ ޖެޓީ އަލިފާނުގެ ހާދިސާގެ ގެއްލުމުގެ ބަދަލު ދީފި

ފިއުލް އެކްސްޕްރެސްއާ ޗެކް ހަވާލު ކުރަނީ -- ފޮޓޯ/ ދިވެހި އިންސުއަރެންސް

މިދިޔަ ސެޕްޓެމަބަރު މަހު ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސް އަށް ލިބުނު ގެއްލުމުގެ ބަދަލު ދިވެހި އިންޝުރެންސުން ދީފި އެވެ.

ސެޕްޓެމްބަރު 29 ވަނަ ދުވަހު ޓީ ޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ބައުޒަރެއްގައި ރޯވެ، ތިން ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ.

އެ ހާދިސާޣައި ފިއުލް އެކްސްޕްރެސް އަށް ލިބުނު ގެއްލުމުގެ ފައިސާ ހަވާލުކޮށްފައި ވަނީ މިއަދު ދިވެހި އިންސުއަރެސްގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ދިވެހި އިންސުއަރެންސްގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގެވެ. ފިއުލް އެކްސްޕްރެސްގެ ފަރާތުން ފައިސާއާ ހަވާލުވީ، އެ ކުންކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ހާމައެއް ނުކުރެއެވެ.

ރަސްމިއްޔާތުގައި އަބްދުލް ވާހިދު ވިދާޅުވީ، ދިވެހި އިންސުއަރެންސް އިން ހިދުމަތް ލިބިގަންނަ ވިޔަފާރިތަކަށް ލިބޭ ގެއްލުމުގެ ބަދަލު ވީހާވެސް އަވަހަކަށް ދިނުމަކީ އެ ކުންފުނީގެ މައިގަނޑު މަގްސަދެއް ކަމަށެވެ.

"އޭގެ ސަބަބުން ކުންފުނިތަކަށް ވީހާވެސް އަވަސް މުއްދަތެއްގައި އަނބުރާ ވިޔަފާރި ފެށި، ވިިޔަވާރިއާގެން ކުރިއަށްދެވޭނެ،" އަބްދުލް ވާހިދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޝީހާބު ވަނީ، ދިވެހިން އިންޝުއަރެންސް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ކުންފުންޏާ މެދު އޮޔް އިތުބާރާއި ޔަގީންކަން ބޮޑުވެއްޖެ ކަމަށް ޝީހާބު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ލޯންޗަކާއި ތިން ބައުޒަރު ބޭނުން ނުކުރެވޭ ވަރަށް އެނދި އިރު، އެ ހާދިސާގައި ނުވަ މީހަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

މިހާތަނަށް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ހާދިސާގައި ލިބުނު ޖުމްލަ ގެއްލުމުގެ ތަފްސީލެއްވެސް އެއްވެސް މުއައްސަސާއަކުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް