ހަޔާ އެޑިއުކޭޝަނުގެ ކޯޕަރޭޓް ސްކޯލާޝިޕް ސްކީމްގައި އުރީދޫއިން ބައިވެރިވެއްޖެ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް ސްކީމުގައި އުރީދޫ އިން ބައިވެރިވުން -- ފޮޓޯ: ހަޔާ އެޑިއުކޭޝަން

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް ސްކީމުގައި އުރީދޫ އިން ބައިވެރިވެއްޖެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫއިން ވަނީ ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ އަމާޒަކީ، ރާއްޖެއިން ބޭރުން ހޯދާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ އެކި ފުރުސަތުތަކުގެ ދަށުން، ދަރިވަރު ކުރަންޖެހޭ އިތުރު ހަރަދުތައް ކޯޕަރޭޓް ޕާޓްނަރު މެދުވެރިކޮށް ހޯދައިދިނުމެވެ.

މިއާއެކު ކޯޕަރޭޓް ޕާޓްނަރުންގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެއެވެ. ކޯޕަރޭޓް ޕާޓްނަރުން ސްޕޮންސާކޮށްގެން ކިޔަވާ ދަރިވަރުންނަކީ ކޯޕަރޭޓް ޕާރޓްނަރުންނަށް އެކުންފުންޏެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ދަރިވަރުންނެވެ.

ކޯޕަރޭޓް ސްކީމް ތައާރަފުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

މި ސްކީމުގައި މިހާތަނަށް ސޮއިކޮށްފައިވާ ކުންފުނިތަކަކީ އެޗްޑީސީ، ސްޓެލްކޯ، ދިރާގު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޑަބްލިއުއެސްސީ އަދިއެމްއޭސީއެލް އެސްޓީއޯ އެވެ.

މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ވަނީ މި ސްކީމުގައި ބައިވެރިވެފައެވެ.

އުރީދޫއާއެކު، ޖުމްލަ 12 ފަރާތެއް ސޮއިކޮށްފައިވާ މި ސްކޮލާޝިޕްގެ ފުރުސަތުތަކުގައި ބައިވެރިވުމަށް އާއްމުކޮށް އިއުލާނުކުރާނީ ޖެނުއަރީ 2020 އިންފެށިގެންނެވެ.

comment ކޮމެންޓް