އެލިއާގެ އެންމެނަށް ވެސް ޔަމަހާ ޕްރޮމޯ: ސައިކަލު ސަރވިސް ކުރުން ހިލޭ!

އެލިއާއިން ކުރިއަށްގެންދާ އެންމެނަށް ވެސް ޔަމަހާ ޕްރޮމޯޝަންގެ ތެރެއިން-- ފޮޓޯ/ އެލިއާ

ޔަމަހާ ބްރޭންޑުގެ ސައިކަލުތައް ހިިލޭ ސަރވިސް ކޮށްލެވޭ ޕްރޮމޯޝަނެއް އެލިއާއިން ފަށައިފި އެެވެ.

މިއަދު ހަވީރު "އެންމެނަށް ވެސް ޔަމަހާ- ގޯ ބިޔޮންޑް ކެރަވާން" ގެ ނަމުގައި ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ފެށި އެ ޕްރޮމޯޝަންގެ ދަށުން ގިނަ ހަރަކާތްތަކެއް އެލިއާއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެލިއާގެ ސީނިއަރ މާކެޓިންގް އެގްޒެގެޓިވް، ސުހާ މަހްމޫދު ވިދާޅުވީ އެ ޕްރޮމޯޝަންގެ ތެރެއިން ޔަމަހާ ބްރޭންޑުގެ ކޮންމެ ސައިކަލެއް ވެސް ހިލޭ ޑައިގްނޯސް ކޮށްލެވޭނެ ކަމަށެވެ.

"އިވެންޓްގެ ތެރެއިން އަޅުގަނޑުމެން ޔަމަހާ ބްރޭންޑުގެ ސައިކަލު ހިލޭ ޑައިގްނޯސް ވެސް އެބަ ކުރަން. އެލިއާ ކަސްޓަމަރުންނަށް ނުވިޔަސް، ޔަމަހާ ބްރޭންޑުގެ ކޮންމެ ސައިކަލެއް ވެސް ހިލޭ ޑައިގްނޯސް ކޮށްދެން." ސުހާ ވިދާޅުވި އެވެ.

އެލިއާއިން ކުރިއަށްގެންދާ އެންމެނަށް ވެސް ޔަމަހާ ޕްރޮމޯޝަންގެ ތެރެއިން-- ފޮޓޯ/ އެލިއާ

މީގެ އިތުރުން އިންސްޓޯލްމަންޓްކޮށް އަދި ފުލް ޕޭމަންޓް ދައްކައިގެން ސައިކަލު ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް ސުހާ ވިދާޅުވި އެވެ.

"މި ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމަންޓަށް ސައިކަލް ގަންނަ ކޮންމެ ބޭފުޅަކަށް ވެސް ޑައުންޕޭމަންޓުން 50 އިންސައްތައިގެ ޑިސްކައުުންޓެއް ލިބިގެންދާނެ. އިންސްޓޯލްމަންޓަށް އަޅުގަނޑުމެން ސައިކަލު ވިއްކާއިރު، ސައިކަލު މި ދޫކޮށްލަނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުން އަދި ޕީ ބޯޑުގައި. އިންސްޓޯލްމަންޓް ކަސްޓަމަރުންނަށް ތިން އަހަރަށް ބަހާލައިގެން ވެސް ސައިކަލަށް ފައިސާ ދައްކާލެވޭނެ." ސުހާ ވިދާޅުވި އެވެ.

ސުހާ ވިދާޅުވީ އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއްގެ އިތުރުން، ހިލޭ ހެލްމެޓެއް ލިބޭނެ ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އެންމެނަށް ވެސް އެލިއާ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.

comment ކޮމެންޓް