ޑިޒްނީ ލޭންޑަށް ދާން ބޭނުން ކުދިންނަށް ރަނުގެ ފުރުސަތެއް

އާއިލާއާ އެކު ޑިސްނީލޭންޑަށް ދެވޭ ޕްރޮމޯޝަނެއް ދިރާގުން ވަނީ ފަށާފައި ---

ކުޑައިރު، އެންމެ އުވާފާ ގަޑިއަކީ ކާޓޫން ބަލާ ގަޑި އެވެ. އެންމެ ކަމުދާ ކާޓޫން ނުވަތަ ފިލްމެއް އަންނަ ގަޑިއަށް ގޭގެ ހުރިހާ އެންމެންނާއެކު ޓީވީ ބަލަން އެގަޑިއަކަށް އިންތިޒާރު ކުރެއެވެ.

ދިވެހިންގެ ތެރޭގައި މިގޮތަށް އެންމެ ގިނަ ބަޔަކު ބަލަމުން ގޮސްފައިވަނީ ޑިޒްނީގެ ކާޓޫންތަކާއި ފިލްމުތަކެވެ. ޑިޒްނީގެ ފިލްމުތަކުގައި ހުންނަ ޝައުގުވެރި ވާހަކަތައް ގެނެސްދީފައިވާ ގޮތް އެންމެންގެ ސިކުނޑީގައި ވަނީ ހަރުލާފަ އެވެ. ޑިޒްނީގެ އުފެއްދުންތަކުގެ ތަކުގެ ފޭނުން ތިބި މިންވަރުން މިކަން ހާމަވެއެވެ.

ޑިޒްނީން ގެނެސްދީފައިވާ ގިނަ ފިލްމު، ކާޓޫން އަދި ޝޯތައް ދިވެހިންގެ ތެރޭގައިވެސް މަޝްހޫރެވެ. ކުޑައިރުން ފެނިގެން ޑިޒްނީގެ ކެރެކްޓާތަކާއި ފިލްމުތައް ހަނދާނުގައި ވަނީ ހަރުލާފަ އެވެ. ކުޑައިރު އުފަންދުވަހުގެ ޕާޓީގެ ތީމްތަކުން ސްކޫލްގެ ކޮންސެޓުން ފެށިގެން ޑިޒްނީގެ ކެރެކްޓާތައް ފެނުމަކީ މިކަމުގެ ހެއްކެކެވެ.

ޑިޒްނީގެ މަޝްހޫރު ކާޓޫންތަކުގެ ތެރޭގައި ހިމެނޭ ފްރޯޒަން، ލައަން ކިންގް، މިކީ މައުސް، ސްޕައިޑާ މޭން، ހަނާ މޮންޓާނާ ފަދަ ފިލްމުތަކަކީ މިހާރު ސިނަމާގައި އެޅުވިޔަސް ދިވެހިންގެ ތެރޭގައި ހައުސް ފުލްވާނެ ޝޯތަކެއް ކަން ޔަގީނެވެ. އަދި ޓީވީ ޗެނަލުން ކޮންމެ ދުވަހަކު ދެއްކިޔަސް އެބަލަން ފޫހިކަމެއް ނެތި ތިބެވޭނެ ޝޯތަކެވެ.

ޑިޒްނީގެ އެންމެ ހާއްސަ ކަމަކީ މި ފިލްމްތައް އެމީހުންގެ އުފެއްދުންތައް ހުރިހާ އުމުރެއްގެ މީހުންވެސް ޝައުގުވެރިކަމާއި ފޫހިކަމެއް ނެތި ބަލާލެވޭ ކަމެވެ.

ކުޑަކުދިންނަށް ބަލާލެވޭ ހުރިހާ ޗެނަލްތަކުގެ ތެރެއިން ވެސް ޑިޒްނީގެ ޗެނަލްތަކަށް ދިވެހިންގެ މެދުގައިވެސް ޑިމާންޑް މިހާ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ. ޑިޒްނީގެ އަމާޒަކީ އެމީހުންގެ ކޮންޓެންޓް އާއިލާގެ ކޮންމެ މެމްބަރަކުވެސް ހިތްހަމަޖެހުމާއި އެކު ބަލާލެވޭނެ އެއްޗެއްގެ ގޮތުގައި ގެނެސްދިނުމެވެ.

ރާއްޖޭގައި ޑިޒްނީ ގެ ހުރިހާ ޗެނަލްތަކެއް މިހާރު ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެއެވެ. ދިރާގު ޓީވީން ޑިސްނީ ޗެނަލް އާއި މާވެލް އެޗްކިއު އާއި ޑިސްނީ ޖޫއާރް އާއި ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ ލިބެއެވެ.

ކުޑަކުދިންގެ މެދުގައި މި ޗެނަލްގެ މަގުބޫލުކަމާއި އެކު ކޮންމެ ކުޑަކުއްޖަކު ވެސް ޗުއްޓީ ހޭދަކޮށްލަން ދާން އެންމެ ޑްރީމް ކުރާނީ ޑިސްނީ ލޭންޑް އަށެވެ. ޑިސްނީ ލޭންޑަށް އެ ކުދިން އާއިލާ އާއި އެކު ގެންދިއުމަށް ދިރާގުން މިހާރު ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ގެ ދަށުން ޑިޒްނީ ކެރެކްޓާސްތަކާ އެކީގައި، އެތަން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިހާރު މިއޮތީ ފަހިވެފަ އެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ޓީވީ މިހާރު ގެންގުޅުއްވާ ކަސްޓަމަރުންގެ އިތުރުން އަލަށް ދިރާގު ޓީވީ ކަނެކްޝަން ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ހުރިހާ ހަރަދަކާ އެކު ފަސް ދުވަހަށް ޝެންހާއި ގައި ހުންނަ ޑިޒްނީ ލޭންޑަށް އާއިލާއާ އެއްކޮށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

http://sun.mv/124397

comment ކޮމެންޓް