އޮޅުވާލައިގެން ބޮޑެތި ފީ ނަގާތީ، އެމްޕީއެލްއިން ނަގާ ފީތައް އާންމުކޮށްފި

އެމްޕީއެލްގެ ކޮންޓެއިނާ ޖަހާފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އަށް ދައްކަންޖެހޭ ފީތަކެއްގެ ގޮތުގައި ދޭހަވާގޮތަށް ތަފާތު ނަންނަމުގައި ފީތައް ނަގަމުންދާތީވެ، އެ ކުންފުނިން ނަގާ ފީތަކުގެ ތަފްސީލު އެމްޕީއެލް އިން ހާމަ ކޮށްފި އެވެ.

ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖެއަށް ކަނޑުމަގުން މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން އެޖެންޓުންނާއި ފްރެއިޓް ފޯވަޑާސް އަދި ބްރޯކަރުން، އެމްޕީއެލްއަށް ކަމަށް ބުނެ އެކި ނަން ނަމުގައި ފީތަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އޭޕީސީއާރު، ޕޯޓް ކޮންޖެޝަން ޗާޖް، ޑީސީއެޗްޓީ އަދި އިކުއިޕްމަންޓް އިމްބެލެންސް ޗާޖް ފަދަ ނަންނަމުގައި ފީތައް ނަގަމުންދާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

"މި މައްސަލާގައި މުދާ އިމްޕޯޓް ކުރާ ފަރާތްތަކުގެ ނުހަނު ގިނަ ޝަކުވާ މި ކުންފުންޏަށް ލިބެމުން ދާތީ ދަންނަވަމެވެ. މުދާ އިމްޕޯޓްކުރާ ފަރާތްތަކުގެ އަތުން މި ކުންފުނިން ނެގުމަށް ހަމަޖެހިފައިވާ ފީތަކާއިއެހެނިހެން ޚިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީތައް މި ކުންފުނީގެ ޓެރިފްގައި ބަޔާންކުރެވިފައިވާނެއެވެ." ބަޔާނުގައި ބުންޏެވެ.

އެމްޕީއެލް އިން އާންމު ކުރި އެ ކުންފުނިން ނަގާ ފީތަކުގެ ތަފްސީލުް

މުދާ އިމްޕޯޓް ކުރާ ފަރާތްތަކުގެ އަތުން އެމްޕީއެލްއިން ނަގާ ހެންޑްލިން އަދި ވޯފޭޖް ފީގެ އިތުރުން، އިތުރު ހިދުމަތެއް ހޯދާފައި ނުވާނަމަ މުދާ ކްލިއާކުރުމަށް އިތުރު ފައިސާއެއް ނުނަގާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

comment ކޮމެންޓް