ކާށިދޫއާއި ކެޔޮދޫއަށް ދިރާގު ޓީވީގެ ހިދުމަތް ތައާރަފްކޮށްފި

ދިރާގު ޓީވީގެ ޚިދުމަތް ކ. ކާށިދޫއަށް ތައާރަފް ކުރުން-- ފޮޓޯ: ދިރާގު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށްވާ ދިރާގު ޓިވީގެ ހިދުމަތް ކ. ކާށިދޫ އަދި ވ. ކެޔޮދޫގައި އިފްތިތާހްކޮށްފި އެވެ.

ދިރާގުން ބުނީ ކާށިދޫއާއި ކެޔޮދޫގައި އެ ހިދުމަތް ތައާރަފްކުރުމާއެކު ދިރާގު ޓީވީން ދައްކާ ދިވެހި ހުރިހާ ޗެނަލްތަކާއި ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތައް އެ ދެ ރަށުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ބަލާލެވޭނެ ކަމަށެވެ.

ދިރާގު ޓީވީގެ ޚިދުމަތް ވ. ކެޔޮދޫގައި އިފްތިތާހު ކުރުން-- ފޮޓޯ: ދިރާގު

ދިރާގު ޓީވީން ދައްކާ ބޭރުގެ ބައެއް މަޝްހޫރު ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލާސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެ އެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތެކެވެ. ނަމަވެސް ދިރާގު ޓީވީގެ ސަބަބުން ގޭގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް ބޭނުން ކުރުމަށް އިތުރު ހަރަދެއް ނުހިނގާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ހިދުމަތުގެ ދަށުން ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެ އެވެ.

މީގެ ދެ އަހަރު ކުރިން ތައާރަފްކުރި ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ ގޭބިސީތަކުގެ 72 އިންސައްތައަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ހިދުމަތް ކުރިއެރުވުމުގެ ގޮތުން ދިރާގުން ވަނީ އެ ހިދުމަތަށް ހާއްސަ އެޕްލިކޭޝަނަކާއި ވީޑިއޯ އޮން ޑިމާންޑް ފީޗަރއެއް ވެސް ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް