ރާއްޖެ އިޝްތިހާރުކުރަން މިފަހަރު ފްރާންސްގެ ޓީމެއް

ރާއްޖެ އިޝްތިހާރުކުރަން މިފަހަރު ގެނައި ފްރާންސްގެ ޓީމެއް--- ފޮޓޯ: އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން ފްރާންސްގައި އިޝްތިހާރުކުރަން އެ ގައުމުގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ފްރާންސްގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާ އިންފުލުއެންސަރުންގެ މައްޗަށް އެކުލެވިގެންވާ އެޓީމު ރާއްޖެ އައީ އިއްޔެ އެވެ.

މޯލްޑިވްސް މާކެޓިކް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ މިއީ ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން 17 ވަނަ ދަތުރު ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ އެ ޓީމް ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވާ ރިސޯޓްތަކުގެ ތެރޭގައި ވެލައްސަރު ރިސޯޓް، ހުވަފެންފުށި މޯލްޑިވްސް، ޔޮޓް މޯލްޑިވްސް އަދި ކަނޑިންމަ މޯލްޑިވްސް ހިމެނެއެވެ.

ފްރާންސްގެ މީޑިއާގެ ޓީމުގައި ނީސް މާޓިން އާއި ޕެރިސްމެޗާއި ޓައިމްއައުޓާއި އެލް އޮފިޝަލް އަދި މޭރީ ފްރާންސަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިން ހިމެނެއެވެ. އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި މިހާރު ފްރާންސް ހިމެނެ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަައަށް އިޓަލީގެ 44792 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދޔަ އަހަރާއަޅާ ބަލާއިރު 21 ޕަސެންޓް ކުރިއެރުމެކެވެ.

ޔޫރަޕްގައި ރާއްޖެ އިޝްތިހާރުކުރަން މިދިޔަ މޭމަހު އިނގިރޭސިވިލާތުގެ ޓީމެއްވެސް ގެނައެވެ. އަދި އިޓަލީގެ ޓީމެއް މިހާރުވެސް ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް