މަންދު ކޮލެޖުގެ ވާޗުއަލް ކްލާސްރޫމްއަށް ސަތޭކައަކުން ސަތޭކަ

މަންދު ކޮލެޖުގެ ދަރިވަރެއް ކިޔަވަނީ-- ފޮޓޯ: މަންދު ކޮލެޖު

ރާއްޖޭގެ ލީޑިން ޕްރައިވެޓް ކޮލެޖެއް ކަމަށްވާ މަންދު ކޮލެޖު ވަރަށްވެސް ތަފާތެވެ. އެންމެ ޒަމާނީ ތައުލީމް ފޯރުކޮށްދޭން އަބަދުވެސް އިސްކަންދޭ މަންދު ކޮލެޖުން ތައުލީމް ފޯރުކޮށްދިނުމުގައި ގެންގުޅެމުންދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. ވަރޗުއަލް ކްލާސްރޫމްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ ޓެކްނޮލޮޖީގެ އާ ޒަމާނަށް އަލިވިލިފައިވާއިރު މަންދު ކޮލެޖަކީ މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ހަގީގީ ވަރޗުއަލް ކްލާސްރޫމްގެ ހިދުމަތްދޭ ކޮލެޖެވެ.

މަންދު ކޮލެޖު ވަރޗުއަލް ނެޓްވޯކް ތަފާތުވަނީ ކީއްވެ؟

ޕްރައިވެޓް ނެޓްވޯކެއް މެދުވެރިކޮށް ސޮފްޓްވެއާތަކަކުން މަންދު ކޮލެޖުގެ ދަރިވަރުންނާ ގުޅާލައިފައިވާ ވަރޗުއަލް ކްލާސްރޫމް އިންޓަނެޓް ނުވަތަ އާންމު ބަހުން ނަމަ ވޯލްޑްވައިޑް ވެބްގެ ތެރެއިން ހިނަގާ ކްލާހެއް ނޫނެވެ. މިއީ ސީދާ މަންދު ކޮލެޖުގެ ނެޓްވޯކެކެވެ. އާންމުކޮށް އިންޓަނެޓް ބޭނުންކުރާއިރު ނެޓްވޯކް ކަނެކްޝަން ކެނޑިގެން ދިއުމަކީ މަސައްކަތުގެ މާހައުލުގައި އުޅުއްވާ ބޭފުޅުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

" އަޅުގަނޑުމެން މި ބޭނުންކުރަނީ އުރީދޫގެ އެންޓަނާތައް އަނެއްހެން ބުނަންޏާ. އަޅުގަނޑުމެން އެހެންވީމާ މިއިންނަނީ އަމިއްލަ ކަނެކްޝަނެއް ހަދާފައި. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މި ހިދުމަތް ލިބޭނެ ހަމަ. ކޮންމެ ރަށެއްގަވިޔަސް ކަނޑުމަތީގަ ހުއްޓަސް މި ލިބޭނެ. އަޅުގަނޑުމެންގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް ޓީޗަރާ ދަރިވަރާކުރާ މުއާމަލާތްތައް ދާނީ ހަމަ ސީދާ. އެހެންވީމަ އެއްވެސް ޑިސްރަޕްޝަނެއް ނުހުންނާނެ. ދެން ކަނެކްޝަން ސްޕީޑް، އެޗް. ޑީ ވިޑިއޯ ފަސޭހަކަމާއެކު އަޕްލޯޑް އަދި ޑައުންލޯޑް ކުރެވޭނެ." މަންދު ކޮލެޖުގެ އޮފިޝަލެއް ވިދާޅުވިއެވެ.

ޕްރައިވެޓް ނެޓްވޯކެއް ނަމަވެސް އެ ނެޓްވޯކް މެދުވެރިކޮށް ދަރިވަރުންނަށް އިންޓަނެޓައްވެސް ވަދެވެއެވެ. ފިލާވަޅުތަކަށް އިތުރުމައުލޫމާތު ހޯދަން ތައުލީމާ ގުޅޭ އެކި ވެބްސައިޓްއަށް ވަދެ އެބްސްކޮހޯސްޓް ފަދަ ދުނިޔޭގެ މަޝްހޫރު ޖާނަލް ޑޭޓާބޭސް ތަކަށްވެސް ވަދެވެއެވެ.

ވާޗުއަލް ކްލާސްރޫމްތައް މަސައްކަތް ކުރަނީ ކިހިނެއް؟

ވާޗުއަލް ކްލާސްރޫމްތަކެއް ނަމަވެސް އަސްލު ކްލާސްރޫމްތަކެއްގައި ކިޔެވުމާ އެ ކްލާސްރޫމްތަކެއްގައި މާބޮޑު ތަފާތެއް ނުހުރެއެވެ. ކްލާސްރޫމްތައް އާންމުކޮށް ބަހާލައިފައިވަނީ ދެ ވައްތަރަކަށެވެ. އެ ގޮތުން އެންމެ އާންމުކޮށް ބޭނުންކުރާ ވައްތަރުގައި ކިޔަވާއިރު ދަރިވަރަށް ލެކްޗަރާ ފެނެއެވެ. އަދި ލެކްޗަރާއަށް ކްލާހުގައި ތިބޭ ހުރިހާ ދަރިވަރުން ފެނެއެވެ.

އަސްލު ކްލާހެއްގައި ދަރިވަރުން ތިބޭއިރު އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ގައިގައި ކޮއްޓާލައިފައި އެއްޗެއް އަހާލެވޭހެން ވާޗުއަލް ކްލާސްރޫމްގައިވެސް އެކަން ކުރެވެއެވެ. އެކަމަށް ޗެޓް ފީޗަރއެއް އިނދެއެވެ. ނަމަވެސް އެގޮތަށް ޗެޓްކުރިޔަސް އެހެން ދަރިވަރުންނަށް އުނދަގުލެއް ނުވާނެއެވެ. އޭގެ އިތުރުން މުޅި ކްލާހަށް އަޑުއިވޭގޮތަށް މެސެޖެއް ފޮނުވަން ބޭނުންވިޔަސް ދަރިވަރުންނަށް އެ ފުރުސަތު އޮވެއެވެ. އަސްލު ކްލާހަކަށްވުރެ ވާޗުއަލް ކްލާހުގައި މާބޮޑަށްވެސް " ޕްރައިވަސީ" އޮތުމަކީ ކިހާ ހިތްހަމަޖެހޭކަމެއް ނޫން ހެއްޔެވެ؟

ވަރޗުއަލް ކްލާހުގައި ހިމެނޭ އެހެން ފީޗާސްތައް

  • ދަރިވަރަށް ލެކްޗަރާއާ ސުވާލުކުރުމުގެ ފުރުސަތު
  • ސްކްރީން އަދި ފައިލް ޝެއާކުރުން
  • ވައިޓް ބޯޑް
  • ޕަވާޕޮއިންޓް ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުން

ޓިއުޓޯރިއަލްގައި ކޮންމެ ކްލާހެއްގައި 25 ދަރިވަރުން ތިބެވެއެވެ. މިއީ އާންމުކޮށް އަސްލު ކްލާސްރޫމްތަކުގައިވެސް ހުންނަ އަދަދެވެ. އެކުދީންނަށް ގްރޫޕް ޑިސްކަޝަން ބޭއްވެއެވެ. އަދި ހުރިހައި ކުދީންނަށް ހުރިހައި ކުދީންވެސް ފެނި، ވާހަކަ ދެއްކެއެވެ.

ލެކްޗަރ ކްލާސްތައް ކުރިއަށް ގެންދާއިރު ހުރިހާ ދަރިވަރުންނާއި ލެކްޗަރާއަށް އެކަކު އަނެކަކު ފެންނާނެއެވެ. އޭގެ އިތުރުން އާމްނުކޮށް ޔުނިވާސިޓީތަކުގައި ބޮޑެތި ހޯލްތަކުގައި ލެކްޗާތައް ކުރިއަށް ގެންދާހެން ކްލާސްތައް ކުރިއަށް ގެންދެވެއެވެ. އެގޮތުން ގިނަވެގެން 160 ދަރިވަރުންނާއެކު ކްލާސްތައް ކުރިއަށް ގެންދެވެއެވެ. އެ ހުރިހާ ކްލާހެއްވެސް ނިމިގެން ދާއިރު ފަހުން ބަލާލެވޭގޮތުން ރެކޯޑްވެސް ވެއެވެ.

މަންދު ކޮލެޖުގެ ދަރިވަރުންތަކެއް ކިޔަވަނީ-- ފޮޓޯ: މަންދު ކޮލެޖު

ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަކީ އާންމުކޮށް ވަރަށް ގިނައިން އެކި އެސައިންޓްމަންޓްތައް ހަދަން ޖެހޭ ބައެކެވެ. ވަރޗުއަލް ކްލާސްރޫމް މެދުވެރިކޮށް އެސައިންޓްމަންޓްތައް ހަދަން އެކަކު އަނެކަކާ މުއާމަލާތް ކުރެވެއެވެ. އަދި ކަމެއް އޮޅުން ނުފިލާނަމަ ކްލާސް ނިމުމުންވެސް ދަރިވަރުންނަށް ޓީޗަރަކަށް މެސެޖުކުރެވެއެވެ.

ވަރޗުއަލް ކްލާސްރޫމެއް ނަމަވެސް އެ ކްލާސްރޫމްތަކަށްވެސް ގަވައިދުން ހާޒިރުވާންޖެހޭނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ. އެގޮތުން ކްލާސް ފަށާ ހިސާބުން ފެށިގެން ނިމެންދެން ކެމެރާ ޖައްސައިގެން އިންނަން ޖެހެއެވެ..

ވަރޗުއަލް ކްލާސްރޫމް މާބޮޑަށްވެސް ފަސޭހަ

ވަރޗުއަލް ކްލާސްރޫމް ދަރިވަރުންނަށް އެކްސެސްވެވެނީ ޔޫއެސްބީ ޑްރައިވްއަކާއެކު އެކަމަށް ބޭނުންކުރާ ހާއްސަ ޑޮންގަލްއެއް ބޭނުންކޮށްގެންނެވެ. މަންދު ކޮލެޖުން ބުނީ މިހާރު އެ ޑޮންގަލް ބޭނުންކޮށްގެން ސެޓަޕް ވަރަށް ފަސޭހައިން ހަދާލެވޭނެ ކަމަށެވެ. އޭގެ އިތުރުން ޑޮންގަލްގައި މައްސަލައެއް އުޅޭނަމަ އެކަމަށް ހާއްސަ ސަޕޯޓް ސްޓާފުންނާއި ވޮލަންޓިއަރުންވެސް އެކި ރަށްރަށުގައި ތިބެއެވެ. ޓެކްނިކަލް މައްސަލައެއް ޖެހިގެން ކިޔެވުން މެދުކެނޑޭނެކަމަށް ހީކުރިޔަސް އެއީ ކުށްހީއެކެވެ

" ޓެކްނިކަލް އިތުރު މައްސަލައެއް ކުރިމަތިވެއްޖެނަމަ އަޅުގަނޑުމެން ދަރިވަރުންނަށް ގުޅައިގެން އިންސްޓްރަކްޝަން ދީގެން މައްސަލަވެސް ހައްލުކުރަން" މަންދު ކޮލެޖުގެ އޮފިޝަލެއް ވިދާޅުވިއެވެ.

ވަރޗުއަލް ކްލާސްރޫމްއަށް ފަހު ވަރޗުއަލް ކްލާސްރޫމްއިން ބޭރަށްވެސް ނިކުންނަން ބައެއް ފަހަރު ޖެހެއެވެ. އެއީ ދަރިވަރުންގެ ޓެސްޓުތައް ހެދުމަށްޓަކައެވެ. ވަރޗުއަލް ކްލާސްރޫމްގެ ތެރެއިން އަދި ޓެސްޓްތަކެއް ފުރިހަމައެއް ނުކުރެވެއެވެ. ނަމަވެސް އެކަމަށްވެސް މަންދު ކޮލެޖުންވަނީ ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ.

" އަޅުގަނޑުމެން ޓެސްޓް ޕޭޕަރުތައް ހިފައިގެން ދާނީ ބޮޑެތި ރަށްރަށަށް. އޭރުން ކައިރި ރަށްރަށުގެ ދަރިވަރުންނަށް އެ ރަށްރަށަށް އައިސް އިމްތިހާން ހެދޭނެ. ނުޖެހޭނެ ކޮންމެހެން މާލެ އަންނާކަށް. ޢާންމު ގޮތެއްގައި، ކޮންމެ ސެމެސްޓަރ އެއް ގެ އިމްތިޙާން މިހާރު އަޅުގަނޑޫމެން އެއްފަހަރާ 16-20 އެގްޒޭމް ސެންޓަރުގައި ބާއްވަން. ރާއްޖޭގެ އެކި ހިސާބުގައި." މަންދު ކޮލެޖުން ބުންޏެވެ.

ޑިޖިޓަލް ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ތައުލީމީ ދާއިރާ ބަދަލުކޮށްލި މަންދު ކޮލެޖަކީ މިހާރު ދެން ހަމަ ގާތްގަނޑަކަށް ވަރޗުއަލް ކޮލެޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ކޮލެޖުގައި އެތައް ސަތޭކަ ދަރިވަރުންނެއް ކިޔަވާއިރު ކޮލެޖުގެ 80 ޕަސެންޓް ދަރިވަރުން މިހާރު ބޭނުންވަނީ ވަރޗުއަލްކޮށް ކިޔަވާށެވެ. ވަރޗުއަލް ކްލާސްރޫމްއަކީ ހަރަދު ބޮޑު ވަސީލަތެއް ނަމަވެސް މަންދުކޮލެޖުގެ ކޯސްތަކުގެ އަގުތަކާ އެހެން ކޮލެޖުގެ އަގުތަކާ މާބޮޑު ތަފާތެއް ނެތެވެ. ނުވިތާކަށް އަމިއްލަ ރަށުގައި ހުރެގެން ކިޔެވެއެވެ. އެހެންކަމުން ކޯސްފީގެ އިތުރު ޚަރަދުތަކެއް ކުރާކަށް ނުޖެހެއެވެ. ވަޒީފާ، ޢާއިލާ ދޫކޮށްލާފައި ކިޔަވަން ފުރައިގެން ދާކަށް ނުޖެހެއެވެ. ބޮލޮކް މޯޑުގައިހެން، އެއްފަހަރާ އެތައް ގަޑިއެއް އެއް ހަފްތާ ބަންދުން ނަގާކަށް ނުޖެހެއެވެ. ކުދީން ކިޔަވާނީ، މާލޭގައި، ކޮލެޖަށް ޙާޒިރުވާ ދަރިވަރުންނާއެކީ، އެއް ގަޑިއެއްގައި، އެއް ޓީޗަރެއްގެ ގާތުންނެވެ. މިއަށްވުރެ ވަކި ރަނުގެ ފުރުސަތެއް ލިބޭނެހެއްޔެވެ؟

comment ކޮމެންޓް