އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ވަޒަން ހަދިޔާކޮށްފި

ންޑިއާއިން ހަދިޔާ ކުރި ވަޒަންތަކާ މިނިސްޓަރު މާރިޔާ ހަވާލުވެ ވަޑައިގަންނަވަނީ --

ގިނަ އަދަދެއްގެ ވަޒަން އިންޑީއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އިންޑިއަން ނޭވީގެ އެންމެ ބޮޑު ކޯސްޓްގާޑު އުޅަނދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ވަޒަންތައް ހަދިޔާކުރެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރެވެ. ރާއްޖޭގެ ފަރާތަކުން އެ ތަކެއްޗާ ހަވާލުވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ.

އެކަމާ ގުޅީގެން މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް އިންޑިއާއިން ވެދެއްވާ އެހީތެރިކަން މާރިޔާ ފާހަގަކުރެއްވިއެވެ.

އިންޑިއާއިން ގެންދަނީ ދިވެހި އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީވަމުންނެވެ. އެގޮތުން ޅ. މާފިލާފުށީފައި އިމާރާތްކުރަމުން އަންނަ ސިފައިންގެ ތަމްރީނު މަރުކަޒު ނިންމަންވެސް އެ ގައުމުން ވަނީ ބޮޑު އެހީއެއް ދީފައިވެއެވެ. އަދި ދާދި ފަހުން ވަނީ ލޭންޑިން ކްރާފްޓެއްވެސް ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައެވެ.

comment ކޮމެންޓް