ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ކޯމާގައި، އިތުރު ފަރުވާއަށް މާލެއަށް

ފުވައްމުލައް ސިޓީ: އެކްސިޑެންޓުގައި އަނިޔާވި ދެ ޒުވާނުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި--ސަން ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކޯމާއަށް ދިޔަ މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ އެރަށުގެ 26 އަހަރުގެ ޒުވާނެއް ކަމަށްވާ ހަސަން ޒާހިރުއެވެ.

ޒާހިރުގެ އާއިލާއިން "ސަން" އަށް މިރޭ ބުނީ އޭނާ މިއަދު މެންދުުރު މާލެ ގެނެސް އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

"އަދިވެސް ކޯމާގައި އޮތީ އެކަމު ކުރިއަށްވުރެ ރަނގަޅު. މިހާރު މީގެ ދެ ގަޑިއިރެއްހާއިރު ކުރިން ކޮންމެވެސް ވަރަަކަށް އަތް ފައި ހަރަކާތްކުރޭ" އާއިލާގެ މީހާ ބުންޏެވެެ.

ރޭ 11:50 ގައި ހިނގި އެ ހާދިސާ ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ސްޕީޑް ބްރޭކަރެއްގައި ޖެހި ކޮންޓްރޯލުނުވެ ސައިކަލު ވެއްޓުމުގެ ސަބަބުންކަމަށް ފުލުހުން ބުންޏެވެ.

"ދަތްދޮޅިއާއި ލޯ ކައިރި ކަށިގަނޑަށް އަނިޔާވެފައި ހުރީ" ޒާހިރުގެ އާއިލާގެ މެމްބަރު ބުންޏެވެ.

އެ ހާދިސާގައި ޒާހިރުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

comment ކޮމެންޓް