ފޮނަދޫން ގެ ލިބުނު މީހުންނަށް ގެތައް ހަވާލުކުރަން ފަށައިފި

ފޮނަދޫގައި ސަރުކާރުން އަޅާފައިވާ ގެތައް-- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި އިމާރާތްކުރި 50 ގޭގެ ތެރެއިން ދޫނުކޮށް ހުރި 27 ގެ ލިބުނު ފަރާތްތަކާ ގެ ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިންގް މިނިސްޓްރީން ބުނީ ގެ ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ އޮފިޝަލުން ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައި މިހާރު ކުރަމުންދާ ކަމަށެވެ.

އިއްޔެ ފެށި އެ މަސައްކަތް މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި ވަނީ 50 ހައުސިންގ ޔުނިޓް އިމާރާތްކޮށްފަ އެވެ.

ފޮނަދޫގައި ޖުމްލަ 50 ހައުސިންގް ޔުނިޓް އެޅީ މީގެ ދެ އަހަރު ކުރިންނެވެ. އެ ޔުނިޓްތަކަކީ ލ. ގާދޫއިން ފޮނަދޫއަށް މީހުން ބަދަލުކުރިއިރު އިމާރާތްކުރި ޔުނިޓްތަކެކެވެ.

comment ކޮމެންޓް