ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ކޯމާއެއްގައި

ފުވައްމުލައް ސިޓީ: ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު އައިސީޔޫގައި މިހާރު ދަނީ ފަރުވާދެމުން-ސަން ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ކޯމާއަކަށް ގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ ރޭ 11:50 ގައި ކަމަށެވެ.

އެ ހާދިސާ ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ސްޕީޑް ބްރޭކަރެއްގައި ޖެހި ކޮންޓްރޯލް ނުވެ ސައިކަލް ވެއްޓުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ސައިކަލް ދުއްވަން އިން 26 އަހަރުގެ ފިރިހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ. އޭނާ އަދިވެސް ހޭނާރާ އިރު، މިހާރު ފަރުވާ ދެމުންދަނީ ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ފުލުހުން ބުނީ އޭނާގެ ލައިސަންސް އޮންނަ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް