ފަގީރުންނަށް ކުލީގެ 70 ޕަސަންޓު ސަރުކާރުން ދައްކަައިދޭން ލާޒިމުކުރަން ގޮވާލާ ގަރާރެއް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ: މަޖިލިސް

ކުލި ދައްކައިގެން މާލޭގައި ދިރިއުޅެމުންދާ، މާލީ ތަންވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ހަމައަށް އެ ފަރާތްތަކުން މިހާރު ދައްކާ ކުލީގެ 70 ޕަސަންޓު ސަރުކާރުން ދެއްކުމަށް ލާޒިމުކުރުމަށް ބާރުއެޅުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ދަނީ ވެރިރަށް މާލޭގައި ކަމަށްވާއިރު އެ ފަރާތްތަކަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހަރަދުކުރަން ޖެހިފައިވަނީ ކުލި ދެއްކުމަށް ކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކޮންމެ ރިޔާސީ ކެންޑިޑޭޓެއްގެ ރިޔާސީ ވައުދެއް ނަމަވެސް އެއްވެސް ސަރުކާރަކަށް އެ ވައުދު ފުއްދިފައި ނުވާކަން ޖާބިރު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި މިސަރުކާރުވެސް އިންތިހާބުވެފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދާއެކުކަން ފާހަގަކުރައްވަމުން، އަންނަ އަހަރުގެ ބަޖެޓުގައި 20،000 ހައުސިން ޔުނިޓް އެޅުމަށް 2020 ގެ ބަޖެޓުގައި ހިމަނާފައިވާކަންވެސް ޖާބިރުގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

https://sun.mv/126771

"މާލޭގައި ދިރިއުޅޭ މާލީތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދެއްވާ ބޯހިޔާވަހިކަން ލިބުމާއި ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކުން ޚަރަދު ކުރަންޖެހިފައިވާ ފައިސާގެ އަދަދު އިންސާފްވެރި ކަމާއިއެކު ބަލައި އެ އަދަދެއްގެ 70 އިންސައްތަ ސަރުކާރުން އެ ފަރާތްތަކަށް ލިބިގެންދާނެ ގޮތުގެ ހަރުދަނާ އިންތިޒާމްތަކެއް މިހާރުން މިހާރަށް ހަމަޖައްސަވައި އެމަގުން އަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމްކުރުމަށް ބާރުއެޅުން،" ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފައެވެ.

އެކަށީގެންވާ އާމްދަނީއެއް ނުލިބޭ، ބޯހިޔާވަހިކަން ނެތް މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދު ފުއްދަވައިދެއްވާނެކަމަށް ރައީސް ސޯލިހު ވަނީ ދާދި ފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ވިދާޅުވެފައެވެ.

https://sun.mv/121292

comment ކޮމެންޓް