ރާއްޖެ ސަރަހައްދުން ފެނުނު އީރާނުގެ ބޯޓަކާ މެދު ޝައްކު އުފެދިގެން ބަލަނީ

ފުލުހުން ބަލަމުންދާ އިރާނު ބޯޓުގައި ތިބި ބައެއް ފަޅުވެރިން -- ފޮޓޯ/ ފުލުހުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނުނު އިރާނުގެ ބޯޓަކާ މެދު ޝައްކު އުފެދިގެން ފުލުހުން އެ ބޯޓަށް އަރައިފި އެވެ.

ފުލުހުން މިއަދު ބުނީ، އދ. މަންދޫ ކައިރިން ރާއްޖެއިން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން އޮޔާ ދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:20 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ކޯސްޓްގާޑަށް ދީފައި ފުލުހުން އެ ބޯޓު އޮތް ތަނަށް ދިޔަ އެވެ.

އެ ބޯޓަށް އަރާ ބެލި އިރު އެއީ އީރާނުގެ ބޯޓެއްކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ. އަދި ބޯޓުގައި އީރާނަށް ނިސްބަތްވާ ހަތް ފިރިހެނުން ތިބި ކަމަށް ބުންޏެވެ.

ފުލުހުން ބުނީ މިހާރު އެ ބޯޓާ ގުޅޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިރާނުގެ ބޯޓެއް ފުލުހުން ބަލަމުންދާ އިރު މީގެ ކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އީރާނުގެ ހަތަރު ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުން ވަނީ އަތުލައިގެންފައިވެއެވެ. ރާއްޖެއިން ހިފެހެއްޓި ބޯޓުތައް މީގެ ކުރިން މަސްތުވާތަކެއްޗާ އެކު އެހެން ގައުމުތަކުންވެސް ހިފަހައްޓާފައިވެއެވެ.

ފުލުހުން މީގެ ކުުރިން ބުނެފައި ވަނީ އެފަދަ ބޯޓުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެެރެ ކުރަން ބޭނުން ކުރާ ބޯޓުތަކެކެވެ. ރާއްޖެ އަކީ މަސްތުވާތަކެތި އެތެރެ ކުރާ "ޓްރާންސިޓް ޕޮއިންޓް"އެއްގެ ގޮތުގައިވެސް ފުލުހުން ވަނީ ސިފަކޮށްފައެވެ.

ރާއްޖެއިން އަތުލައިގަތް އީރާނު ބޯޓްގައި ޑްރަގް ޓްރެފިކް ކުރުމުގެ ރެކޯޑެއް

comment ކޮމެންޓް