ބިދޭސީއަކު ކުޑަކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފި

މެދު ރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން --

މެދު ރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މެދު ރާއްޖެތެރޭގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ރޭ 11:00 އެހާކަންހާ އިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވެނީ 34 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކަށެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބިދޭސީ މީހާ އަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް