މެޓް އޮފީހުގެ މުވައްޒަފުންތަކެއްގެ އޮރިޔާންކާޑު ހަދަން އުޅުނު މައްސަލައެއް ބަލަނީ

ހަނިމާދޫ އެއާޕޯޓު

އަންނައުނު ބަދަލު ކުރާ ކޮޓަރި ނުވަތަ ޗޭންޖިން ރޫމްގައި ސިއްރު ކެމެރާއެއް ހަރުުކޮށްގެން، އޮރިޔާންކާޑު ހަދަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ތަހުގީގު ކުރަމުން ދަނީ ހދ. ހަނިމާދޫގައި ހުންނަ މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުގެ އަންހެން މުވައްޒަފުންގެ ޗޭންޖިން ރޫމުގައި ކެމެރާ ހަރުކުރި މައްސަލަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ ޗޭންޖިން ރޫމުގައި ސިއްރު ކެމެރާއެއް ހަރުކޮށްފައި ވަނީ ސެޕްޓޭމްބަރު 27 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އޮރިޔާންކާޑު އުފެއްދުމަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް