މި އީޖާދު ކުރީ ކޮން އިރަކު؟ މަޖާ މީމް އަކަށް!

މި ދުވަސްކޮޅު މަގުބޫލުވެގެން އުޅޭ މީމްއެއް --- ފޮޓޯ : އައްޕަން ޓީވީ / ފޭސްބުިކް

މިއީ ސޯޝަލް މީޑިއާާގައި މިހާރު އެންމެ ވަރުގަދަ ޓްރެންޑެވެ. ފޭސްބުކް އަށް ވަނަސް އަދި ޓްވިޓާ ހުޅުވާލިޔަސް ފެންނާނީ މި މީމްތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގައި ހިފި މި ޓްރެންޑު ދިވެހީން ތެރޭގައިވެސް މަގުބޫލުވެއްޖެ އެވެ. އެއީ އެއްޗެއް އީޖާދު ކުރުމުގެ ކުރީން މީހުން އުޅޭނެ ގޮތުގެ ކަންތައް ފެނިގެންދާ މީމްތަކެވެ. ނަމަވެސް އެ ތަކެތި ގުޅުވާފައިވަނީ މުޖުތަމައުން ފެންނަ މަޖާ ކަންތައްތަކާއެވެ.

މިއީ ޒުވާނުންނަށް ވަރަށްވެސް ބޮޑަށް ކަމުގޮސްފައިވާ މީމް އެކެވެ. މިހާރު އާންމުނަށް އެއާ ނުލާ ނޫޅެވޭ އެއްޗެހި، އެތަކެތި އުފެއްދުމުގެ ކުރީން މީހުން އުޅުން ގޮތަށް މި މީމްތަކުގައި ޖޯކު ޖަހައެވެ.

މިހާރު އާންމު ދިރިއުޅުމުގައި ސްމާޓްފޯނަކީ ކޮންމެހެންވެސް ބޭނުން އެއްޗެކެވެ. ނަމަވެސް ސްމާޓްފޯނުގެ ކުރީން މީހުން ދިރިއުޅެމުން އައީ ކިހިނެއް ހެއްޔެވެ؟ މި މީމްތަކުގައި އެފަދަ ތަކެއްޗާ މެދު ޖޯކު ޖަހާ ސުވާލު އުފައްދައެވެ.

ދިވެހިންގެ މެދުގައި މި މީމްތައް ވަރަށް ބޮޑަށް މަގުބޫލުވެފައިވާއިރު ދިވެހީންގެ ތެރެއިން ފެނިފައިވާ ބައެއް ކަންތައްތައް ވަނީ މި މީމްތަކުގައި ބޭނުންކޮށްފައެވެ.

ފޮޓޯ : ވާންޗޯ މީމްސް

މާލެއާއި ހުޅުމާލެއާ ދެމެދު އޮންނަ ބްރިޖުގައި ދުއްވާއިރު ހެލްމެޓު އެޅުން މަޖުބޫރު ކުރިއިރު އެ ދުވަސްކޮޅު މަޝްހޫރުވި ވީޑިއޯއެއް ހަނދާން ވާނެއެވެ. އެއީ ހެލްމެޓުގެ ބަދަލުގައި ތެއްޔެއް ބޮލުގައި އަޅައިގެން އުޅޭ މަންޒަރެވެ. އެ މަންޒަރު ވަނީ މީމް އެއްގެ ގޮތުގައި ބޭނުންކޮށްފައެވެ.

ފޮޓޯ : އައްޕަން ޓީވީ

ކުރީގެ މަޖިލީސް މެމްބަރު އަހުމަދު ނިހާން ހުސައިންމަނިކު އަނގަޔަށް ފެން އެޅުއްވުމަށްފަހު މެންބަރު ރޮޒައިނާ އަދަމްގެގެ މޫނަށް ފެން ޖެހި ވީޑިއޯއަކީވެސް ހުރިހާ ދިވެހީންނަށް އެނގޭނެ ވީޑިއޯއެކެވެ. އެ ވީޑިއޯވެސް ވަނީ އެންމެ ފަހުން މީމް އަކަށް ހަދާފައެވެ.

comment ކޮމެންޓް