ޗައިމްސް ޑޭކެއާ: ކުދިންނަށް ދެވަނަ ގެއެއް!

ވަޒީފާއަށް ނުކުންނަ ދެމަފިރިންގެ އަދަދު އިތުރުވަމުން އަންނަ އިރު، ރާއްޖޭގައި ޑޭކެއާ ސެންޓަރުތައް މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. ނަމަވެސް ހަމަ ކޮންމެ ތަނަކަށް ދަރިން ދޫކޮށްލާފައި ދިއުމަކީވެސް މައިލަގޮނޑިއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ކޮންމެ ދެމަފިރިއަކު ވެސް ބަލަނީ އެންމެ ރަނގަޅު ޑޭކެއާއެއް ހޯދާށެވެ.

މިކަމަށް މާބޮޑު މަސައްކަތެއް ކުރާކަށް މިހާރަކު ނުޖެހޭނެއެވެ. ޗައިމްސް ޑޭކެއާއަކީ މައިންބަފައިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ، ބެލެނިވެރިންގެ އިތުބާރު ހޯދާފައިވާ ތަނެކެވެ. މިއީ ގެއާއި ދުރުގައި ވެސް ކުދިންގެ ގެއެކެވެ. ނުވަތަ ކުދިންގެ ދެވަނަ ގެއެވެ.

މާލޭގައި މިހާރުވެސް ގިނަ ޑޭކެއާ ސެންޓަރުތަކެއް ހުރި ނަމަވެސް، ޗައިމްސް ތަފާތުވާ ސަބަބަކީ ޗައިމްސްއަށް ދާ ވަކި ވަކި ކޮންމެ ކުއްޖެއްގެ ބޭނުންތައް ދެނެގަނެ، އެކަމަށް އިސްކަން ދީގެން ތަނުގެ ޕްރޮގްރާމްތައް ރާވާފައި ވާތީ ކަމަށް ޗައިމްސް ޑޭކެއާގެ މެނޭޖަރު އާއިޝަތު އަނާއު މުހައްމަދު ވިދާޅުވިއެވެ.

ޗައިމްސް ޑޭކެއާގެ މެނޭޖަރު އާއިޝަތު އަނާއު މުހައްމަދު -- ސަން ފޮޓޯ

ޗައިމްސް ޑޭކެއާގައި ހުންނަ ކުއްޖަކަށް ހީވާނީ ބޮޑު އާއިލާއަކާ އެކު އަމިއްލަ ގޭގައި އުޅެވޭ ހެންނެވެ. ޗައިމްސްގެ މަގުސަދަކީ މަސައްކަތުގައި ބުރަކޮށް އުޅޭ ފަރާތްތަކަށް ހާސްކަމެއް ނެތި، މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.

ޕެކޭޖްތައް:

ޗައިމްސްއިން އަންނަނީ މައިގަނޑު ތިން ޕެކޭޖެއް ހިންގަމުންނެވެ. އެއީ އެ ޑޭކެއާ ސެންޓަަރަށް ގަވާއިދުން ގެންދާ ކުދިންނަށް ހާއްސަ، ރެގިއުލާ ކެއާ ޕްރޮގްރާމް އާއި، ވަކި ވަގުތުކޮޅަކަށް ކުދިން ގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޮޕް އިން ކެއާ އަދި ޗުއްޓީ ދުވަސްވަރާ ދިމާކޮށް އިންނަ ހޮލިޑޭ ކެއާ ޕްރޮގްރާމެވެ.

ޗައިމްސްގެ ހަރަކާތްތައް ރާވާލެވިފައިވަނީ، ކުދިންގެ ދުވަސް ވަރަށް އުފެއްދުންތެރިކޮށް ގެންދެވޭނެ ގޮތަކަށެވެ. ޗައިމްސްގައި ކުއްޖާގެ ވަގުތުތައް ހޭދަކުރާނީ، ތަފާތު އެކި ކަހަލަ ކަންކަން ދަސްކުރުމުގެ އިތުރުން، ވާހަކަ ކިޔާލައި އެހެން ކުދިންނާއެކު މަޖާކުރުމުގައެވެ.

ޗައިމްސްއަށް ގަވާއިދުން ގެންދާ ކުދިންނާއި އެތަނުގައި ހަތަރު ގަޑިއިރު ނުވަތަ އެއަށްވުރެ އިތުރަށް މަޑުކުރާ އެކުދިންނަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެއެވެ. އިތުރު އަގަކާ ނުލާ ގެންދާ މި ޕްރޮގްރާމްތަކުގެ ތެރޭގައި އިންސްޓިޓިއުޓް ފޯ އިންޓެލިޖެންޓް ލާނިން (އައިއައިއެލް) އާ ގުޅިގެން ކުރިއަށް ގެންދާ ކްލާސްތައް ފާހަގަކޮށްލެވެއެވެ.

އެގޮތުން ލެންގުއޭޖް ޑިވެލޮޕްމަންޓް ކްލާހާއި ޤުރްއާން އަދި ނަމާދު ކްލާސް ފާހަގަކޮށްލެވެއެވެ.

މި ކްލާސްތައް ކުރިއަށް ގެންދަނީ، އައިއައިއެލްގެ ޓީޗަރުން ޑޭކެއާއަށް އައިސް، އެތަނުގައެވެ. އުމުރުފުރާ ވަކިން ކްލާސްތައް ރާވާލާފައި ވާއިރު، ކްލާސްތަކުގައި ކިޔަވައިދެނީ އައިއައިއެލްގެ މުގައްރަރަށެވެ.

އައިއައިއެލް އާ ގުޅިގެން ހިންގާ ކްލާސްތަކުގައި ކުދިންގެ ލިޔަން ކިޔަން ދަސްކޮށްދިނުމާއި، ޤުރްއާން ކިޔަވަން ދަސްކޮށްދީ ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން އެކުދިންގެ އަތުގެ ހަރަކާތްތައް ދަސްކޮށްދީ، އެހެން ކުދީންނާ ގުޅިގެން އުޅެން ދަސްކޮށްދިނުމުގެ އިތުރުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދެއެވެ.

ޗައިމްސްއިން އެންމެ އިސްކަމެއް ދެނީ، ކުދިން ޕްރައިމަރީ ސްކޫލް ފަށާއިރު، އެކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ، އަމިއްލައަށް ކަންކަން ކުރެވޭ ފަދަ ގާބިލު ކުދިބަޔަކަށް ހަދައިދިނުމެވެ.

ޗައިމްސްގެ ޑްރޮޕް އިން ކެއާއަށް ކުދިން ގެންދަން، ބޭނުންވާނަމަ ގުޅާލާފައި ކުދިން ގެންދަންވީއެވެ. އެކުދިންނަށްވެސް ހިތްފަސޭހަ މާހައުލެއް ލިއްބައިދޭނެކަމުގެ ޔަގީންކަން ޗައިމްސްއިން ދެއެވެ. ޑްރޮޕް އިން ކެއާއަށް ގެންދާ ކުދިންނަށް އަގު ނަގަނީ، ގަޑިއިރަކަށް 50 ރުފިޔާގެ ރޭޓުންނެވެ.

ޗައިމްސްގެ ރެގިއުލާ ކެއާއަށް ގެންދާ ކުދީންގެ ނާސްތާއިިން ފެށިގެން، ފެންވަރުވާ ކާންދިނުމާއި ނިންދެވުމުގެ ކަންކަންވެސް ކޮށްދޭނެއެވެ. ކުދިންގެ ނާސްތާ އަދި ކެއުން ގެއިން ގެންދިއުމުގެ ފުރުސަތު އޮތް އިރު، ޗައިމްސްއިން ކުދިންނަށް ފޯރުކޮށްދެނީ ސިއްހަތަށް ފައިދާހުރި ރަނގަޅު ކާނާއެވެ.

އޭގެ އިތުރުން ޗައިމްސް އާ ކައިރި ސްކޫލުތަކަށް (ކެންގަރޫ ކިޑްސް، އަމީރް އަހްމަދު، ކަލާފާނު ސްކޫލް އަދި ފިންލޭންޑް ސްކޫލް) ދާ ކުދީން ސްކޫލަށް ގެންގޮސް ގެނެސްދިނުމުގެ ކަންކަންވެސް ޗައިމްސްއިން ކޮށްދޭނެ ކަމަށް އަނާއު ވިދާޅުވިއެވެ.

ޗައިމްސްއަށް ކުއްޖާ ފޮނުވަންވީ ކީއްވެ؟

އެހެން ބައެއްގެ އަތަށް ކުއްޖާ ދޫކޮށްލާފައި ދާއިރު، އެބަޔަކީ އިތުބާރު ކުރެވޭ ބަޔަކަށް ވާންޖެހޭނެއެވެ. އަދި އެކުއްޖާ ބަލަހައްޓާ މާހައުލަކީ ރައްކާތެރި، ކުއްޖާގެ ހެދިބޮޑުވުމަށް ފައިދާހުރި ތަނަކަށްވެސް ވާންޖެހޭނެއެވެ.

ޗައިމްސްގައި އެހުރިހާ ކަމެއް ވެސް ފުރިހަމަ ވާނެ ކަމުގެ ޔަގީންކަން އަނާއު ދެއްވިއެވެ. ޗައިމްސްއަށް ދާ ކޮންމެ ކުއްޖަކުވެސް ޗައިމްސްއަށް ދަނީ ވަރަށް ދާހިތުންނެވެ.

ޗައިމްސް ޑޭކެއާ ފަރުމާކޮށްފައިވަނީ ވެސް ކުދިންނަށް ރައްކާތެރި އަދި ހިތްފަސޭހަ ގޮތަކަށެވެ. އެކުދިންނަށް ހާއްސަ "ޕްލޭ ރޫމް" އަކާއި "ސްޓަޑީ ރޫމް" ވެސް ޗައިމްސްގައި ހުރެއެވެ. ޗައިމްސް އަކީ ހުރިހާ ކުދިން އެކުގައި އިށީނދެ ވާހަކަ ކިޔާލައި، ދުވެ، ކުޅެ އުޅެވޭނެ، ޖާގައިގެ ގޮތުން ވެސް ތަނަވަސް ޑޭކެއާއެކެވެ. މުޅި ޑޭކެއާގެ މާހައުލަކީ ވަރަށް ކުދިންނާ ރައްޓެހި ތަނެކެވެ.

ބެލެނިވެރިންވެސް ކުދިން ޗައިމްސް އަށް ފޮނުވަނީ، ކުދީންނާ މެދު ފިކުރު ކުރަން ނުޖެހި، އޮފީހުގެ މަސައްކަތްތައް ހަމަޖެހިގެން ނިންމާލެވޭނެކަމުގެ ޔަގީންކަން ލިބިފައިވާތީއެވެ.

ހަމައެއާއެކު ޗައިމްސްގެ ޕްރޮގްރާމެއް ރާވައި ހިންގަނީ، ތަޖުރިބާ ލިބިފައި ތިބި، އަދި ކަމަށް ގާބިލު މުދައްރިސުންނާއެކުއެވެ. ކޮންމެ ހަފްތާއަކުވެސް ޗައިމްސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އެކުގައި ބައްދަލުވެ، ކުދީންގެ ކަންކަން މަޝްވަރާކޮށް، އެކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ބަލައި އެސެސް ކުރެއެވެ. އަދި ކުދީންގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި، ކުރިއަށް އޮތް ހަފްތާގެ މަސައްކަތްތައް ރާވާލައެވެ.

ޗައިމްސްގެ ދެ އަހަރުވީ ކުރު ތާރީހުގައިވެސް ޗައިމްސްއިން މިވަނީ ބެލެނިވެރިންނާއި ކުދީންގެ އިތުބާރު ހޯދައިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތިން ޗައިމްސްއަށް ގެންދާ ކުދިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިިތުރުވަމުންނެވެ.

އެހެންކަމުން ވަޒީފާއަށް ދާއިރު، ކުއްޖާ ބަހައްޓާނެ ޑޭކެއާއެއް ނޭނގިގެން އުޅޭނަމަ، ލަސްނުކޮށް 7879292 އަށް ގުޅައި މައުލޫމާތު ސާފުކޮށްލާށެވެ. މިއީ ބެލެނިވެރިންގެ އިތުބާރު ލިބިފައިވާ ކުދީންގެ ދެވަނަ ގެއެވެ.

comment ކޮމެންޓް