ގެއްލިފައި އޮތް އެއްބައިވަންތަކަން އަނބުރާގެންނަން އުރީދޫއާ "އެކު"

އުރީދޫ "އެކު" ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓު -- ސަން ފޮޓޯ: ފަޔާޒު މޫސާ

އުރީދޫ ނުވަތަ ކުރީގެ ވަތަނިއްޔާ މޯލްޑިވްސްއަކީ އެމީހުންގެ ތަފާތު އިޝްތިހާރުތަކާއެކު ރާއްޖޭގެ މާކެޓިން އަދި ޕްރޮމޯޝަންގެ ދުނިޔެ ބަދަލުކޮށްލި ބަޔެކެވެ. ސާދަ އަހަރު ރާއްޖޭގެ ޓެލެކޮމްގެ ހިދުމަތުގައި އުރިދޫ ހޭދަކުރި އިރު ކޮންމެ އަހަރަކުވެސް ތަފާތު ކެމްޕެއިނަކާއެކު ރީތި އިޝްތިހާރުތައް ދޫކޮށްލަނީ މުޖުތަމައަށް މެސެޖުތަކާއެކު އެވެ.

މިއަހަރުގެ ރޯދަމަހުު އުރީދޫއިން ގެނެސްދިން އިޝްތިހާރަކީ ގެއްލިފައިތިބި އެކުވެރިންތަކެއް އަލުން އެއްތަންވާތަން ފެންނަ އިޝްތިހާރެކެވެ. މިދިޔަ އަހަރު އުރީދޫއިން އެޑް ކެމްޕެއިން ކުރިއަށް ގެންދިޔައީ "ވަރަށް ތަފާތު" ކޮށެވެ. މިހާތަނަށް ރާއްޖޭގައި އެންމެ ގިަނ އަަދަކަށް ވިއުސް ލިބި، އެންމެ ގިނަ އެންގޭޖުމެންޓު ލިބުނު ވީޑިއޯއެއްގެ ގޮތުގައިވެސް އޮތީ ވަރަށް ތަފާތު ކެމްޕެއިން އެޑެވެ. މިފަހަރުވެސް އުރީދޫ އިން ފަށަން އުޅެނީ މިފަދަ ތަފާތު ކެމްޕެއިނެކެވެ. ދިވެހި މުޖުތަމައު އެއްބައިވަންތަކޮށްލާނެ މެސެޖުތަކަކާއެކުއެވެ.

މިއަދު އެމްއެންޔޫ ބިޒްނަސް ސްކޫލު އޮޑިޓޯރިއަމްގައި އުރީދޫގެ އާ ކެމްޕެއިން "އެކު" ވަނީ ލޯންޗުކޮށްފައެވެ. "އެކު" ގައި ދައްކައިދެނީ ބައިބައިވެފައިވާ މުޖުތަމައު އެކުވެގެންދާތަނެވެ. މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

މިއަދު ލޯންޗު ކުރި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫގެ ޑިރެކްޓާ ސޭލްސް ހުސައިން ނިޔާޒު ވިދާޅުވީ "އެކު" ކެމްޕެއިނަކީ އުރީދޫގެ ބްރޭންޑު ކެމްޕެއިނެއް ކަމަށާއި ކެމްޕެއިނުގެ މައިގަނޑު ފޯކަސްއަކީ މުޖުތަމައުގައި މިހާރު އޮތް "ގުޅުމުގެ މައްސަލަ" ކަމަށެވެ.

"މައިގަނޑު ފޯކަސްއަކީ، އެކީގައި ކިހިނެއްތޯ އުޅޭނީ. މި ކެމްޕެއިނުގެ ބައެއް އިޝްތިހާރުތަކުން ފެންނާނެ އެއްގެއެއްގައި އުޅޭ، ވަކިން ކައްކައިގެން އުޅޭ އާއިލާތައް، އަލުން އެކުގައި އުޅެން ފަށާގޮތް. އަޅުގަނޑުމެން ބޭނުންވަނީ ކޮމިޔުނިކޭޝަން މެދުވެރިކޮށް އެކީގައި އުޅޭނެ ގޮތް ދައްކައިދޭން. ކޮމިޔުނިޓީތައް ގުޅިގެން އެކުގައި ކަންތައް ކުރެވޭނީ ކިހިނެއްތޯ ބޮޑަށް ފޯކަސްކޮށްފައި އޮންނާނީ،" ނިޔާޒު ވިދާޅުވިއެވެ.

މިއަދު އެމްއެންޔޫ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ބޭއްވި ކެމްޕެއިން ލޯންޗު އިވެންޓުގައި އެ ފެކަލްޓީގައި ކިޔަވާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މާކެޓިން ކިޔަވާ ދަރިވަރުންނަށް އުރީދޫއިން ވަނީ އެ ކުންފުނީގެ މާކެޓިންގެ ކަންތައް ކުރިއަށްގެންދާ ގޮތް ކިޔައިދީފައެވެ. މާކެޓީ ސްޓްރެޓެޖީ ތައްޔާރުކުރާގޮތާއި، އެ ކެމްޕެއިން ކުރިއަށްގެންދަން ކުރާ މަސައްކަތް ވަނީ ހިއްސާ ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް