ކީގޯސް: މީރު ރަހަތަކާ އެކު ކަރޯކޭ!

ކީގޮސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަށްޓެހިންނާއި އެކު މަޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންހެއްޔެވެ؟ ހެޔޮ އަގެއްގައި މީރު ކާއެއްޗެހި ރަހަބަލާލަން ބޭނުން ހެއްޔެވެ؟ ނޫނީ ރަށްޓެއްސެއްގެ ނޫނީ އާއިލާ މެންބަރެއްގެވިޔަސް، އުފަންދުވަހެއް ފާހަގަކޮށްލަން ނުވަތަ އެނޫންވެސް މުނާސަބަތެއްގައި ޕްރައިވެޓް ސެލެބްރޭޝަންއެއް ބާއްވާލަން ބޭނުންހެއްޔެވެ؟ އެންމެ ހާއްސަކަމަކަށް ގެއިން ބޭރުގައި ނިކަން ހަމަޖެހިލައިގެން ތިބެ، ފޯރިގަދަ ކަރޯކޭ ނައިޓެއް ބާއްވާލަން ބޭނުންހެއްޔެވެ؟

މާލޭގައި މި ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރެވޭނެ އެއްތަނަކީ ޔަގީނުންވެސް ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓެވެ.

ރަށްދެބައިމަގުން ޖަމާލުއްދީން ކައިރިން ވައަތަށް އަޅައިގެން ކުރިއަށްދާއިރު، ފެންނަ ބުކްޝޮޕެއްގެ ކުރިމަތީގައި ހުންނަ ކީގޯސް ރެސްޓޯރެންޓަކީ، އެއްތަނަކުން އެތަށް ޚިދުމަތްތަކެއް ފަސޭހަކަމާއެކީ ލިބެން ހުރި، ސަޅި ރެސްޓޯރެންޓެކެވެ. ދިވެހިންނަށް ކަމުދާނެ ހުރިހާ ރަހަތަކެއް އެންމެ ފުރިހަމައަށް ހެޔޮއަގުތަކެއްގައި ލިބެން ހުރިއިރު، ތަނުގައި ކޭޓަރިންއާއި، އަދި ޕާޓީއާއި ކޯޕަރޭޓް އިވެންޓްތަަކަށް ވެސް ކީގޯސް ވަރެއް ނެތެވެ.

ކީގޮސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޑެލިޝް ރެސްޓޯރެންޓް އަދި މިހާރު ރީބްރޭންޑްކުރުމުގެ މަސައްކަތް ކުރަމުންދާ ކީގޯސްއިން ދެމުންދާ މިފަދަ ޚިދުމަތްތަކުގެ ޗޭނަށް އިތުރުވި އާ ބޮޅަކީ ޕްރައިވެޓް ކަރޯކޭ ނައިޓްސްއެވެ.

އެންމެ 525 ރުފިޔާއަށް، ދެ ގަޑިއިރަށް ކީގޯސްގެ ޕްރައިވެޓް ރޫމް ބުކްކޮށްލެވޭއިރު މިއީ ހަމަގައިމުވެސް މާލޭގައި މިވަގުތު ހުރި އެންމެ ބޮޑު ކަރޯކޭ ރޫމްއެވެ. އެހެންކަމުން މިއީ ތަޖުރިބާކޮށްނުލާ ދޫކޮށްނުލެވޭނެ ވަރުގެ ސަޅި ފުރުސަތެކެވެ.

ކީގޯސްއިން ކަރޯކޭ ނައިޓަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ޕެކޭޖްގައި ހިމެނެނީ ހަމައެކަނި، ޕްރަިއވެޓް ކަރޯކޭ ނައިޓްގެ ޚިދުމަތެއް ނޫނެވެ. މި ޕެކޭޖުގައި، ކާއެއްޗެހިވެސް ހިމެނެއެވެ. މިގޮތުން އެމީހަކު ބޭނުންވާ ފްލޭވާއެއްގެ 2 ލާޖް ޕިއްޒާއާއި، ފްރެންޗް ފްރައިސް ޕޯޝަންއެއް ލިބޭއިރު، ކޯކާއި ފެންވެސް މި ޕެކޭޖުގެ ތެރޭގައި ހިމެނެއެވެ.

އެހެންކަމުން ރައްޓެހިންނާއި އާއިލާއާއި އެކީ ހަފްތާ ބަންދުދުވަހަކަށް ނުވަތަ ހާއްސަ އުފާވެރި މުނާސަބަަތަކަށް މިއަށްވުރެ ރަނގަޅު މަޖާ ޕެކޭޖެއް ނެތެވެ.

ކީގޮސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޕެކޭޖުގައި ބުކްކުރެވެނީ އެންމެ ދެ ގަޑިއިރަށް ކަމުގައިވިޔަސް، ކީގޯސް ކެފޭ އެންޑް ރެސްޓޯރެންޓްއިން ބުނާގޮތުން އެ ވަގުތު އިތުރުކުރަން ބޭނުންނަމަ އެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. މިގޮތުން އިތުރު، 200 ރުފިޔާއަށް ގަޑިއިރެއް އިތުރަށް ލިބޭނެ އެވެ.

ކީގޯސްގެ ޕްރައިވެޓް ރޫމްގައި މަދުވުވެގެން 15 މީހުންނަށް ތިބެވޭނެ ޖާގަ ހުންނާނެއެވެ. އަދި ކަރޯކޭ ރޫމް އެކަނި ބޭނުންނަމަ އަގަކީ އެންމެ 300 ރުފިޔާއެވެ.

މީގެއިތުރުން ކީގޯސްގެ ހާއްސަ ހަވީރު ސައިގަޑީގެ ހެދިކާތަަކަށްވެސް ބޮޑު ތަރުހީބެއް ލިބެއެވެ. ދިވެހި ރަހަމީރު ހެދިކާ ހަވީރު ސަޔަށް ކޮންމެ ދުވަހަކުވެސް ނިކަން ތާޒާކޮށް ލިބެން ހުންނައިރު، އިޓާލިއަން، އިންޑިއަން އަދި ދިވެހި ކެއުންވެސް ކީގޯސްގެ ސްޕެޝަލީޓީގައި ހިމެނެއެވެ. މީގެއިތުރުން އެކި ހަފްލާތަކަށްވެސް ކޭޓަރިން ކުރުމުގެ ޚިދުމަތްވެސް ކީގޯސްއިން އަންނަނީ ފޯރުކޮށްދެމުންނެވެ.

ކީގޮސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން ދެން ފަހަރަކުން، ކެއުމަކަށް ގެއިން ބޭރަށް ނުކުމެލާނަމަ، ކީގޯސްގެ އަޖުމަ ބަލާލާށެވެ! އާއިލާޢާޢި އެކީ، ނުވަތަ ރަށްޓެހިންނާއި، ލޯބިވެރިންނަށްވެސް ކީގޯސްވާނީ ނިކަން ހިތްގައިމު މާހައުލަަކަށެވެ.

ކީގޯސްގެ ހިދުމަތެއް ހޯދުމަށްޓަކައި ބުކް ކުރުމަށް 3331090 އަށް ގުޅާލާށެވެ. ކީގޯސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް އިތުރު މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް