އެމްޕީއެލް ބަސް ދަތުރުތަކަށް ޓިކެޓު ވިއްކުން ހުއްޓާލަނީ

ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުން އޮޕަރޭޓުކުރާ ބަހެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގްރޭޓާ މާލޭ ބަހުން ދަތުުރު ކުރުމަށް މިހާރު ވިއްކާ ޓިކެޓު ވިއްކުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.

ގްރޭޓާ މާލޭ ޓްރާންސްޕޯޓު ލިންކުން ކުރި އިއުލާނެއްގައި ބުނީ ގްރޭޓާ މާލެ ބަސް ހިދުމަތުގައި ކަސްޓަމަރުން ދަތުރުކުރުމަށް ބޭނުންކުރާ ޓިކެޓު ވިއްކުން އަންނަ މަހުގެ އެކަކުން ފެށިގެން ހުއްޓާލާނެ ކަމަށެވެ.

އަދި އަންނަ މަހުގެ އެކަކުން ފެށިގެން ބަހުގައި ދަތުރުކުރެވޭނީ ބަސް ކާޑު ބޭނުންކޮށްގެން ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެމްޕީއެލް ގެ ބަހުގައި މާލެ-ހުޅުމާލެ އަދި މާލެ-ހުޅުލެ އާއި ދެމެދު ކުރާ ދަތުރުތަކަށް ޗާޖު ކުރަނީ 10 ރުފިޔާ އެވެ.

ބަސް ކާޑުގެ އިތުރުން މާލޭގައި ހުންނަ ބަސް ޓާމިނަލުންނާއި ހުޅުމާލޭ ހަތް ނަންބަރު ފްލެޓު ކައިރީ ހުންނަ ބަސް ސްޓޮޕުން ބަސް ދަތުރުތަކަށް ޓިކެޓު ވިއްކައެވެ.

comment ކޮމެންޓް