އެމްއެފްއެލްސީ މެދުވެރިކޮށް ދަމާސް އިން ގަންނަ މުދަލަށް ޑިސްކައުންޓް

މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) މެދުވެރިކޮށް ދަމާސް އަދި އިންޑެކްސް ބައި ދަމާސް އިން މުދާ ނަގާނަމަ ޑިސްކައުންޓު ލިބޭނެ އެއްބަސްވުމެއްގައި ދެ ކުންފުނިން ސޮއިކޮށްފިއެވެ.

މިއަދު އެމްއެފްއެލްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރި އިރު، އެއްބަސްވުމުގެ ދަށުން ދަމާސް އިން އަދި އިންޑެކްސް ބައި ދަމާސް އިން ގަންނަ މުދާ އެމްއެފްއެލްސީ މެދުވެރިކޮށް ނަގާނަމަ ހާއްސަ ޑިސްކައުންޓެއް ދޭނެއެވެ.

ދަމާސް އަކީ ފެންވަރު ރަނގަޅު ބެޑްރޫމް ސެޓު، ސޯފާސެޓު، ކިޗަން ސެޓުގެ އިތުރުންވެސް ފަރުނީޗަރާ ގުޅުނހުރި ބްރޭންޑެޑް މޮޑު ތަކެތި އެތެރެކޮށް ވިއްކާ، ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

މިއަދު ސޮއިކުރި އެއްބަސްވުމަކީ އެމްއެފްއެލްސީގެ އަހަރު ނިންމާ ޕްރޮމޯޝަނުގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެމްއެފްއެލްސީގެ މުވައްޒަފުންނަށް ދަމާސް އިން ފަރުނީޗަރު ގަންނަ ނަމަ 12 ޕަސެންޓު ޑިސްކައުންޓް ލިބޭ އެއްބަސްވުމެއްގައިވެސް ދެ ކުންފުނީގެ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.

comment ކޮމެންޓް