މަންޒަރު ބަލަން ހައިވޭގައި މަޑުކުރުމުން އެކްސިޑެންޓެއް

މިއަދު ހައިވޭ މަތީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު ފުލުހުންގެ ވެހިކަލަކަަށް އަރުވަނީ --

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގީ މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް ހައިވޭ މަތިން ކަހާލިތަން ފެނުމުން، އެ މަންޒަރު ބަލަން ހައިވޭމަތީގައި މަޑު ކުރި ސައިކަލެއްގައި، ފަހަތުން އައި ސައިކަލެއް ޖެހުމުންނެވެ.

އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު މެންދުރު 12:06 ގައި ފުލުހުން ބުންޏެވެ.

ހައިވޭ މަތިން ކަހާލި ސައިކަލު ދުއްވަން އިން މީހާ އާއި އެކްސިޑެންޓުވި ދެ ސައިކަލުގައި އިން ދެ މީހުންނަށް އެކި ވަރުވަރުގެ އަނިޔާ ލިބިފައިވެއެެވެ. އަދި އެ ތިން މީހުން ދުއްވަން ތިބި ސައިކަލުތަކަށްވެސް ވަނީ ގެއްލުންވެފައެވެ.

އަނިޔާވި ތިން މީހުންނަށްވެސް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެއިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމެއް އަދި އެނގިފައި ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި އެ ތިން މީހުންގެ އަތުގައިވެސް ލައިސެންސް އޮވެއެވެ.

comment ކޮމެންޓް