ދިރާގު މެދުވެރިކޮށް އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯންތައް ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ދޫކުރަން ފަށައިފި އެވެ.
ރޭ 12 ޖެހިއިރު ދިރާގުން އައިފޯން 11، 11 ޕްރޯ އަދި 11 ޕްރޯ މެކްސް ލޯންޗް ކުރިއިރު، ޕްރީއޯޑަރު ކުރި ކަސްޓަމަރުން ވަނީ އޭގެ ދެ ގަޑިއެއްހާއިރު ކުރިން ފޯނު ގަތުމަށްޓަކައި ދިރާގު ހެޑް އޮފީސް ކައިރީގައި ކިއު ހަދާފަ އެވެ.
ދިރާގުން އެންމެ ފަހުގެ އައިފޯންތައް ޕްރީއޯޑަރު ކުރަން ހުޅުވާލީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އެއާއެކު 24 ގަޑިއިރުގެ ތެރޭގައި ޕްރީއޯޑަރުގެ ސްޓޮކް ވަނީ ވިކި ހުސްވެފަ އެވެ.
ނަމަވެސް ވަރަށް އަވަހަށް އިތުރު ސްޓޮކެއް ގެނެސް، ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މައުލޫމާތު ލިބެ އެވެ.