ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް، ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފި

ޖޭއެސްސީން ކުރިއަށް ގެންދާ ތަހުގީގް ގައި ހަސަން ސައީދު ޖަވާބުދާރީ ވެވަޑައިގަންނަވަނީ --- ސަން ފޮޓޯ މުއާވިޔަތު އަންވަރު

ފެމެލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދު ފަނޑިޔާރު ކަަމުން ވަކިކުރަން ކުރިން ނިންމި ނިންމުން ބާތިލްކޮށް، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އޭނާ ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާޒީ ހަސަން ސައީދާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައާ ގުޅިގެން ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާ ފަދަ ކަންތައްތަކެއް ސާބިތުވާތީ އެކަމުގެ ފިޔަވަޅެއްގެ ގޮތުން ފަނޑިޔާރުކަމުން ވަކިކުރަން ކުރިން ނިންމި ކަމަށެވެ. އެގޮތަށް ނިންމުމަށްފަހު މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓަށް ޖަވާބު ހުށަހެޅުއްވުމަށް ދިން 30 ދުވަހުގެ މުއްދަތުގައި ޖަވާބު ހުށަހަޅުއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ހަސަން ސައީދަށް އެޅި ފިޔަވަޅު ބަދަލުކުރަން ނިންމީ އޭނާ ދީފައިވާ ބަޔާނުގައިވާ ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

ޖޭއެސްސީން މިހާރުވެސް އަންނަނީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންގެ މައްސަލަތައް ވެސް ބަލަމުންނެވެ.

comment ކޮމެންޓް