އެކި ދާއިރާތަކުން ދިރާސާކުރަން 2.6 މިލިއަން ރުފިޔާ ނުވަ ބޭފުޅަކަށް ދީފި

ގައުމީ ޔުނިވާސިޓީން ރިސާޗް ގްރާންޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

އެކި ދާއިރާތަކުން ދިރާސާކުރަން ގައުމީ ޔުނިވާސިޓީި (އެމްއެންޔޫ) އިން އެ ޔުނިވާސިޓީގެ ނުވަ އެކެޑަމިކް މުވައްޒަފަކަށް ޖުމްލަ 2.6 މިލިއަން ރުފިޔާގެ ގްރާންޓް އެހީ ދީފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެހީގެ ގްރާންޓް ލިބުނުކަމުގެ ލިޔުން އެކެޑެމިކް މުވައްޒަފުންނަށް ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދެވެ.

މިއީ ޔުނިވާސިޓީގައި ރިސާޗު މާހައުލެއް ގާއިމުކޮށް އެެކެޑެމިކް މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވާސިޓީގެ ބަޖެޓުގައި ހިމަނައިގެން 2014 އިން ފެށިގެން ޔުނިވާސިޓީގެ ބަޖެޓުން ދެމުންގެންދާ ގްރާންޓެއް ވެސްމެ އެވެ.

އެމްއެންޔޫ އިން ބުނީ ރިސާޗު ޕްރޮޖެކްޓް ހިންގަން 10 ފަރާތަކުން ހުށަހެޅި ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ރިސާޗް ގްރާންޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިސާޗު ގްރާންޓްގެ ދަށުން ދވެހި ބަހާއި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާ ގުޅޭ ދިރާސާތައް ހިމެނެ އެވެ. އެ ގްރޭންޓްގެ ދަށުން 10،000 ރުފިޔާ އިން ފެށިގެން މިލިއަނެއްހާ ރުފިޔާ ވެސް ބައެއް އެކެޑެމިކް މުވައްޒަފުންނަށް ވެސް ވަނީ ދީފަ އެވެ.

އެމްއެންޔޫ އިން ބުނީ އެ ދިރާސާތައް ރިވިއުކުރުމަށް ފަހު ޔުނިވާސިޓީގެ ޖާނަލްގައި ޝާއިއުކުރާނެ ކަމަށެވެ.

comment ކޮމެންޓް