ޝީޝާ "ބޯނަސް" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

ޝީޝާ ބޯނަސް ޕްރޮމޯޝަނުގެ ތެރެއިން --- ފޮޓޯ: ޝީޝާ/ފޭސްބުކް

ޝީޝާ އިން ވިއްކާ ސައިކަލްތަކަށް ޚާއްސަކޮށްގެން މިދިޔަ މަހު ފެށި "ބޯނަސް" ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި އެވެ.

ޝީޝާ އިން މިއަދު ބުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގެ ތެރޭގައި ޝީޝާއިން ސައިކަލް ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ސައިކަލުގެ ޖުމްލަ އަގުން 3000 ރުފިޔާ އާއި 6000 ރުފިޔާއާ ދެމެދު ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

ޑިސްކައުންޓްގެ އިތުރުން ސައިކަލް ގަންނަ ކޮންމެ ކަސްޓަމަރަކަށް ހެލްމެޓް، ޓީޝާޓް އަދި ޕްރޮޓެކްޓިވް ކަވަރު ފަދަ ހަދިޔާއެއް ލިބިގެންދާނެ ކަމަށް ވެސް ޝީޝާއިން ބުނެ އެވެ.

އެއް ފަހަރާ ފައިސާ ދައްކައިގެން ސައިކަލު ގަންނަ ކަސްޓަމަރުންގެ އިތުރުން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލް ގަންނަ ފަރާތްތަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ޝީޝާ އިން ބުންޏެވެ.

މާލޭގެ އިތުރުން ހުޅުމާލެ، ކުޅުދުއްފުށި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުންނަ ޝީޝާގެ ޝޯރޫމްތަކުގައި ވެސް އެ ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

ޝީޝާއަކީ ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

comment ކޮމެންޓް