ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފި

--- ފޮޓޯ ފުލުހުން

ކްރިމިނަލް ކޯޓު ސަރަހައްދުން މިއަދު ފުލުހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހަކަށް ހަމަލާދީގެން މިއަދު ހައްޔަރުކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ކުރިއަށްދިޔަ ވަގުތު ކޯޓު ސަރަހައްދުގައި ކުރި މުޒާހަރާގެ ބައިވެރިއެކެވެ.

އެ ސަރަހައްދުން މީހުން ދުރަށް ޖެއްސުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރި އިރު، އެއްވެ ތިބި މީހުންނާ ފުލުހުންނާ ދެމެދު ކޮންމެސް ވަރަކަށް ހަމަނުޖެހުން ހިނގިއެވެ.

އެއްވުމުގެ ބައިވެރިޔަކު ފުލުހަކަށް ހަމަލާދިން މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް