މުސްލިމް މެމްބަރުގެ ވަރީގެ ޒިންމާ އެޅުވީ އިދިކޮޅު ފަރާތްތަކާއި މީޑިއާގެ ބޮލުގައި

ކޮންގްރެސްގެ މެމްބަރު އިލްހާން އޮމަރު---

އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ މުސްލިމް މެމްބަރު އިލްހާން އޮމަރު އޭނާގެ ކައިވެނިރޫޅުމުގެ ޒިންމާ މީޑީއާއާއި އޭނާގެ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އަޅުވައިފިއެވެ.

ސޯމާލިއާއަށް އުފަން އިލްހާން އޭނާގެ ފިރިމީހާ އަހުމަދު ހިރުސީގެ ކިބައިން ވަރިވާން ކޯޓަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ.

އިލްހާން ވިދާޅުވީ ސިޔާސީ އިދިކޮޅު ފަރާތްތަކުންނާއި މީޑިއާއިން ދައްކާ ފާޑުފާޑުގެ ވާހަކަތަކުގެ އަސަރު ކައިވެންޏަށް ކުރި ކަމަށެވެ. އަދި މުސްލިމް މެމްބަރަކަށް ވީތީ އެހެން ކޮންގްރެސް މެމްބަރުންނާ ކުރިމަތިނުވާކަހަލަ ސުވާލުތައް އަބަދުހެން ކުރިމަތިވާކަމަށްވެސް އިލްހާން ވިދާޅުވިއެވެ.

އިލްހާން ވަރިވާން ނިންމިއިރު ޢޭނާގެ ޕޮލިޓިކަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޓިމް މައިނެޓްއާ ގުޅުމެއް އޮންނަކަމަށްވެސް އޭނާގެ އަންހެނުން ވަނީ ބުނެފައެވެ. އޭނާގެ އަންހެނުން އިތުރަށް ބުނީ ޓިމް އޭނާ ވަރިކުރީވެސް އިލްހާންއަށް ޓަކައި ކަމަށެވެ.

އިލްހާން މީގެ ކުރިން އަހުމަދު ނޫރު ސައީދު އިލްމީ ކިޔާ ޔޫކޭ މީހަކާވެސް ކުރި ކައިވެނިވެސް ވަނީ ރޫޅާލައިފައެވެ.

އިލްހާންއަށް ފާޑުކިޔާ ފަރާތްތަކުން އޭނާ ސިފަކޮށްފައިވަނީ ދެ ފިރިން ގެންގުޅޭ އަންހެންްގެ ގޮތުގައެވެ. މީގެ ކުރިން ޑޮނަލްޓް ޓްރަމްޕްވަނީ އިލްހާން އޭނާގެ ބޭބެއާ ކައިވެނިކުރި ކަމަށްވެސް ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް