ލިވިންގް ބްރޯކް އިން މާލޭ: ދަތުރަށް ތިޔަ ތައްޔާރުވަނީ ނުބައިކޮށް!

"ލިވިން ބްރޯކް އިން މާލެ"ގެ އެޕިސޯޑުތަކުގައި އަހަރެމެން މި ގެނެސްދެނީ އަގުހެޔޮކޮށް އަދި ވީހާވެސް ފަސޭހައިން އަދި ކުޑަ ހަރަދަކުން ޖާގަތަކުގައި ދިރިއުޅެން އެހީވެދޭނެ ޓިޕްސް އެވެ. ޒަމާނީ އޮއިވަރުގައި ހުރިހާ ކަމެއްވެސް އަހަރެމެން ކުރަން ބޭނުންވަނީ ހައްޓަށާއި ވޮލެޓަށް ލުއިކޮށެވެ. ކޮންމެއަކަސް، އަހަރު ނިމި ބޮޑު ޗުއްޓީއަށް ދަތުރު ރާވަން ފަށަން މިއޮތީ އެންމެ ރަނގަޅު ދުވަސްވަރެވެ.

ފަހަރެއްގައި މިވަގުތަށް މި ވީޑިއޯ ތަންކޮޅެއް އަވަސްވެދާނެ އެވެ. ނަމަވެސް ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާހެން، ދުރާލާ އަދި ތައްޔާރުވުމަކުން މައްސަލައެއް ނެއްތާ އެވެ.

މިހާރުން މިހާރަށް ފޮށިތަންމަތި ބަންނަ ވާހަކައެއް ނޫނެވެ. އެކަމަކު ފޮށިތަންމަތި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހޯދަން ފަށަންވީ އެވެ. މިއަދު މި ކިޔައިދެނީ އެންމެ "މިނިމަލް"ކޮށް ދަތުރެއް ދިއުމަށްޓަކައި "ބްރޯކްއޭސްއެމްވީ" ފޮށި ޕެކްކުރާ ގޮތެވެ.

ވީޑިއޯއިން ފެންނަ ގޮތަށް، ފަސޭހައިން އަދި ތަރުތީބުން ފޮށި ޕެކް ކުރުމަށް ބޭނުންނަމަ ހެދުން އެޅުމަށް ހޯދަންވީ އޯގަނައިޒިން ދަބަހެވެ. އެމީހެއްގެ ބޭނުންތަކަށް ރަނގަޅުވާނެހެން އެކަށީގެންވާ ސައިޒުތަކުގެ ދަބަސް، އަތްފޯރާ އަގުތަކުގައި މިހާރު ލިބެން އެބަ ހުއްޓެވެ. އަދި ދަބަހެއް ބޭނުންކުރާނީ އެންމެ ދަތުރެއް ކުރުމަށް ނުވަތަ ކަމެއް ކުރުމަށް ނޫންކަން ޔަގީނެވެ. އެހެންކަމުން މިއީ ރަނގަޅު އިންވެސްޓްމެންޓަކަށްވެސް ވާނެ ނޫންހެއްޔެވެ.

ޝެމްޕޫއާއި ސައިބޯނި އަދި ލޯޝަން ފަދަ ތަކެތި އެޅުމަށް ޓްރެވަލް-ސައިޒް ޓޮއިލެޓްރީ ފުޅި ހޯދުމަކީވެސް ރަނގަޅު ކަމެކެވެ. މިއީ ގެންގުޅެން ފަސޭހަ، އަދި ފޮށިން ޖާގަވެސް ސަލާމަތްވާނެ ކަމެކެވެ. ދަތުރެއް ދާއިރު ބޮޑެތި ފުޅި ގެންދިއުމުގެ ބޭނުމެއް ނެތެވެ.

މި ވީޑިއޯގައި ދައްކައިދޭ ގޮތަށް ފޮށި ޕެކް ކުރުމުގެ އެންމެ ބޮޑު ފަސޭހައަކީ ދަތުރު ނިންމާފައި އަންޕެކްކުރުންވެސް ފަސޭހަވުމެވެ.

މިފަދައިން އިތުރު ޓްރެވަލް ޓިޕްސްތަކެއް ހުރިނަމަ ކޮމެންޓްސް ގޮތުގައި ހިއްސާކޮށްލާށެވެ.

މި ވީޑިއޯ ޝޫޓުކުރީ "ސަން"ގެ މަލްޓިމީޑިއާ ޓީމުން ހުސައިން ޝަޔާހު ޝަފީގު އަދި އިބްރާހިމް މިސްބާހެވެ. އެޑިޓިންގްގެ މަސައްކަތްކުރީ ހުސައިން ޝަޔާހު ޝަފީގެވެ.

comment ކޮމެންޓް