އެމްޓީސީސީން ހއ، ހދ އާ ދެމެދު ފެރީ ފަށައިފި

ހއ. ކެލާ އިން ފެށިގެން ހދ. ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ ސްޕީޑް ފެރީގެ ހިދުމަތް ފެށުން --- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ކެލާ އިން ފެށިގެން ހދ. ކުޅުދުއްފުށްޓާ ހަމަޔަށް ގުޅުވައިދޭ ސްޕީޑް ފެރީގެ ހިދުމަތް މިއަދު ފަށައިފިއެވެ.

މިއަދު އިފްތިތާހް ކުރި ލޯންޗު ފެރީ ރޫޓުގެ ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

މި ރޫޓުގެ ޓިކެޓުގެ އަގު އުޅެނީ 75 ރުފިޔާ އާއި 250 ރުފިޔާ އާދެމެދުގެ އަގުތަކެއްގައެވެ. މި ރޫޓުގައި ފެރީ ދަތުރުތައް އޮންނާނީ ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް، ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ.

ފުރަތަމަ ފެރީ ކެލާއިން ފުރާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:30 ގައެވެ. އަދި ފަހު ފެރީ އެ އަތޮޅު ވަށަފަރުން ފުރާނީ މެންދުރުފަހު 15:40 ގައެވެ.

ފެރީގެ ތާވަލް އަދި ދަތުރު ކުރުމަށް ހަމެޖެހިފައިވާ ރޫޓު އެމްޓީސީސީން މިހާރު ވަނީ އާންމުކޮށްފައެވެ. އެމްޓީސީސީން ބުނީ ފުރާ ދުވަހުގެ އެއް ދުވަސް ކުރިން ޓިކެޓް ނަގަން ޖެހޭނެ ކަމަށާއި، ޓިކެޓު ނެގޭނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ކަމަށެވެ.

comment ކޮމެންޓް