އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ހަމަލާދީ ފޯނާއި ފައިސާ ފޭރިގަނެފި

ފުލުހެއް ޔުނީފޯމުގައި ---

އައްޑޫ ފޭދޫފައި އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ހަމަލާދީ އޭނާގެ ފޯނާއި ފައިސާތަކެއް ފޭރިގަނެފި އެވެ.

ފުލުހުން ބުނީ ދުވަސްވީ އަންހެނަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށް ފަހު ފައިސާތަކެއް ފޭރިގަނެފައިވާ ކަމަށް ބުނެ މިރޭ 21:30 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނު މައްޗަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް