ގުޅުން ވަރުގަދަ ކުރަން ރާއްޖެ-ޗައިނާ ތިން އެއްބަސްވުމަކަށް

ރާއްޖެ-ޗައިނާ އެމްއޯޔޫތަކުގައި ސޮއިކުރަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ޗައިނާއާ ދެމެދު މުހިއްމު ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި ތިން އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދެ ގައުމުން މިއަދު ސޮއިކުރީ، ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމުގެ އެމްއޯޔޫއަކާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުމުގެ އެމްއޯޔޫއެއް އަދި ކުޅިވަރުގެ ދާއިރާގެ ކަންކަން ރާއްޖޭގައި ތަރައްގީ ކުރުމުގެ އެމްއޯޔޫއެއްގަ އެވެ.


މިއަދު ސޮއިކުރި ތިން އެއްބަސްވުން:

  • މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ ބިޓްވީން ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އޮން ސްޓްރެންތެނިން ކޯޕަރޭޝަން.
  • މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ސްޕޯޓްސް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ.
  • އެގްރިމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް.

އެމްއޯޔޫ ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އެއްބަސްވުންތަކުގެ ތެރެއިން ދެ ގައުމުގެ ހާރިޖިއްޔާގެ ދެމެދުގައި ސޮއިކުރި ގުޅުން ވަރުގަދަ ކުރުމުގެ އެމްއޯޔޫގެ ސަބަބުން، ބައިލެޓްރަލް އަދި މަލްޓިލޭޓަރަލް އެކި ކަންކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އިތުރު މަޝްވަރާތަކަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

comment ކޮމެންޓް