ޔާމީން، ސަރުކާރަށް: ކާޅު ހާލި ހެދީމާ ކޮވެލި ބިސް އަޅަނީ ދޯ!

"ދަވާލައިފި" ނަމުގައި މިރޭ ސަރުކާރުގެ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަސައްކަތްތަކަށް "ކާޅާއި ކޮވެލީގެ މިސާލު" ޖައްސަވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"ދަވާލައިފި"ގެ ނަމުގައި މިރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އަދުގެ ސަރުކާރު ސިފަކުރެއްވީ "ހާލި ހެދުމުން ކޮވެލި ބިސްއަޅާ" އުސޫލުންނެވެ.

"އެ ބޭފުޅުން ހާސިލުކުރައްވާ ރިކޯޑުތަކެއްވެސް އެބަހުރި ނޫންތޯ؟ އެ ރެކޯޑްތަކުގެ ތެރޭގައި ކޮންމެ 15 ދުވަހަކުން ރިޒޯޓެއް. ކޮންމެ 18 ދުވަހަކު އެއާޕޯޓެއް ހުޅުވަމުން އެބަދޭ. ހަމަ ކާޅު ހާލި ހެދީމަ ކޮވެލި ބިސް އަޅަނީ ދެއްތޯ؟ މިހިރީ މި ބޭފުޅުންގެ ހުނަރުވެރިކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ މަސައްކަތްތައް އަލުން މި ސަރުކާރުން ކުރާ ކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން އުޅެނީ ރައީސް ޔާމީން ސަރުކާރުން ކޮށްފައިހުރި ކޮންމެކަމެއްވެސް ރަނގަޅު ނުކުރެވިގެން ކަމަށެވެ. އެމަނިކުފާނު މިކަން ސިފަ ކުރެއްވީ އެމަނިކުފާނުގެ ސަރުކާރުން "ހަޑި ހޭވުމުން" މިއަދުގެ ސަރުކާރުން "ކަންކަން ރަނގަޅުކުރުމުގެ" ގޮތުގައެވެ.

"ރައީސް ޔާމީން ސަރުކާރު ]ފައިބައިގެން ދިޔަ އިރު[ އޭދަފުށީގައި 'ހާވާފައި ހުރި ހަޑި' 100 ހެކްޓަރަށް ބޮޑުކޮށްފައި އޮތީ. ކުޑަހުވަދޫއަކީ ހަމަ އެކަލަ ރަށެއް. ގދ. ތިނަދޫއަކީ އެކަހަލަ ރަށެއް. ސ. އަތޮޅު ފޭދޫއަކީ. މިހެން ގޮސް މިހެން ހުރި ރަށްތައް ގިނައީ. މިކަހަލަ 'ހަޑި ހޭވީމަ' ދެން އެބަ ޖެހެއެއްނުންތޯ ރަނގަޅު ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/124316

މީގެ އިތުރުން ރޭގެ ޖަލްސާގައި ޔާމީން ވަނީ، ސަރުކާރުން އެންޓި ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަން އުޅޭތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެއީ "ނުރައްކާގެ ރަނގަބީލެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް