ސޯސަންވިލާގައި އަނެއްކާވެސް ހުކުރު ކުރަން ފަށަނީ

ސްރީލަންކާގެ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (ސޯސަން ވިލާ)ގައި 1439 ވަނަ އަހަރުގެ އީދު ނަމާދުކުރުން -- ފޮޓޯ/ ކިޔުންތެރިއެއް

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗްރަލް ސެންޓަރު (ސޯސަންވިލާ) ގައި މިމަހުގެ 20 ވާ ހުކުރު ދުވަހުން ފެށިގެން އަލުން ހުކުރު ކުރަން ފަށާނެ ކަމަށް އެމްއީސީސީ އިން ބުނެފި އެވެ.

އެ ސެންޓަރުން ނެރުނު އިއުލާނެއްގަިއ ބުނީ 20 ސެޕްޓެމްބަރު ވާ ހުކުރު ދުވަހުން ފެށިގެން އެ ސެންޓަރުގައި ހުކުރު ކުރާނެ ކަމަށެވެ.

އެމްއީސީސީގައި މީގެ ކުރިންވެސް ހުކުރު ކުރި އެވެ. ނަމަވެސް އޭޕްރީލްމަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ސެންޓަރުގައި ހުކުރު ކުރުން އޮތީ ހުއްޓާލައިފަ އެވެ. އެ ހަމަލާ ދިނުމުގެ ކުރިން ސޯސަންވިލާގައި ހުކުރު ކުރަމުން ގޮސްފައިވަނީ ދިވެހި ހުތުބާ އާއެކުއެވެ.

ފިތުރު އީދާއި އަލްހާ އީދު ނަމާދުވެސް ސޯސަންވިލާގައި ދިވެހި ހުތުބާ އާއެކު ކުރެއެވެ. އެންމެ ފުރަތަމަ އެ ސެންޓަރުގައި ހުކުރު ކުރީ 2017 ވަނަ އަހަރު އެވެ.

comment ކޮމެންޓް