ބަލި ނުވެއްޖެ ނަމަ ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާ ދެނީ

މިނިސްޓަރު މަހުލޫފް މިއަދު ހޮޓެލް ޖެންގައި ގައުމީ ޓީމުގެ މެމްބަރުންނާ ބައްދލަުކުރައްވަނީ --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ވޯލްޑް ކަޕުގެ ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖޭގެ ގައުމީ ޓީމު ބަލި ނުވެ މެޗު ނިންމާލައިފި ނަމަ، ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް އެއ ލައްކަ ރުފިޔާގެ ބޯނަސްއެއް ދޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޗައިނާއާ ދެކޮޅާށް މިރޭ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗުގެ ކުރިން ހޮޓެލް ޖެންގައި ޓީމާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިރޭގެ މެޗުން މޮޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، މިރޭގެ މެޗުން ބަލިނުވެ ސަލާމަތްވެއްޖެނަމަ ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާގެ ބޯނަހެއް ދިނުމަށްވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހުލޫފް އިއުލާނުކުރެއްވިއެވެ.

ގައުމީ ޓީމު މިރޭ ޗައިނާއާ ދެކޮޅަށް ނުކުންނަ މެޗަކީ ދޮޅު އަހަރަށް ފަހު ގައުމީ ޓީމުން ގަލޮޅު ދަނޑުގައި ކުޅޭ މެޗެކެވެ. މީގެ ކުރިން ޗައިނާއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން ރާއްޖެ މޮޅުވެފައެއް ނުވެއެވެ.

މިއަދު ގައުމީ ޓީމާއި ބައްދަލު ކުރައްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސަރުކާރުން ޓީމަށް މި ހުށައެޅި ބޮޑު ސަޕްރައިޒިންގް ހުށައެޅުމުގެ ސަބަބުން ފުޓުބޯޅައަށާއި ގައުމީ ޓީމަށް އޮތް އިތުބާރު އެނގިގެން ގޮސްފި ކަމަށެވެ. އަދި މިރޭގެ މެޗުން މޮޅުވެއްޖެނަމަ އެފްއޭއެމުންވެސް ކުޅުންތެރިންނަށް ބޯނަސް ދޭން ނިންމާފައިވާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ޗައިނާ ބައްދަލު ކުރާ މެޗު މިރޭ ގަލޮޅު ދަނޑުގައި ފަށާނީ 8:00 ޖަހާއިރުއެވެ.

comment ކޮމެންޓް