މިރޭ މެޗަށް ރައީސް ސޯލިހު ވަޑައިގަންނަވާނެ

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗް ބެއްލެވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ގޮތަށް ހަމަޖެއްހިއްޖެއެވެ.

މިރޭ މެޗުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ.

މިރޭ މެޗާއި ގުޅޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭގެ މެޗު ބެލުމަށް ރައީސް ވަަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ޓީމުގެ ރަސްމީ ޖޯޒީ، ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެ ފުރަތަމަ ކުޅުނީ، ރަށުން ބޭރުގައި މިދިޔަ ބުރާސްފަތި ދުވަހު ގުއާމްއާ ދެކޮޅަށެވެ. އެ މެޗު ނިމުނީ، 0-1 ގެ ނަތީޖާއިން ރާއްޖެ މޮޅުވެއެވެ.

comment ކޮމެންޓް