ލަންކާގެ ޕެރޭޑެއްގައި އެތެއް ރުޅިގަދަވެ، 17 މީހަކަށް އަނިޔާވެއްޖެ

ކޮލަމްބޯގައި ބޭއްވި ޕެރޭޑެއްގައި ބައިވެރި ކުރި އެތެއް ރުޅިގަދަވެ، ދުވަން ފެށުމުން 17 މީހަކަށް އަނިޔާވި --

ލަންކާގެ ދީނީ ޕެރޭޑެއްގައި ބައިވެރި ކުރި އެތެއް ދޫވެ، ޕެރޭޑުގައި ތިބި 17 މީހަކަށް އަނިޔާވެއްޖެ އެވެ.

ލަންކާގެ ކޮލަމްބޯގައި ހިނގި އެހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި އެތް ކުއްލިއަކަށް ރުޅިގަދަވެ، ދުވަން ފަށަ އެވެ. އޭގެ ސަބަބުން އެތާ ކައިރީގައި ތިބި މީހުން ވެއްޓި، އެމީހުންނަށް އަނިޔާވި އެވެ. އަދި އެތުގެ މަތީގައި އިން މީހާ ވެސް ވަކި ހިސާބަކުން ވެއްޓެ އެވެ.

ލަންކާގެ ނޫހެއްގައިވާ ގޮތުން ފުރަތަމަ އެއް ރުޅިގަދަވެ، ދުވަން ފެށުމުން އެޕެރޭޑުގައި ބައިވެރި ކުރި އިތުރު އެތެއްވެސް ދުވަން ފެށި އެވެ. އޭގެ ސަބަބުން 17 މީހަކަށް އަނިޔާވި ކަމަށާއި އޭގެ ތެރޭގައި 12 އަންހެނަކު ހިމެނުނު ކަމަށް ރިޕޯޓުގައިވެ އެވެ. އަދި އެމީހުންނަށް ފަރުވާ ދީ، ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށް ނޫހުގައިވެ އެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ލަންކާގެ ބުޑިސްޓް ޕެރޭޑުތަކުގައި ތަފާތު ގޮތްގޮތަށް ޖަރީކޮށްފައިވާ އެތް ބައިވެރި ކުރުވުމަކީ އާއްމު ކަމެކެވެ.

comment ކޮމެންޓް