ބުރިޖުން ދަތުރުކުރާ ސައިކަލުން ފީ ނަގާކަށް ގިނަ ބަޔަކު ބޭނުމެއް ނުވޭ

ސިނަމާލެ ބުރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖު ހުރަސް ކުރާ ސައިކަލްތަކުން ފީ ނަގަން އާންމުން ބޭނުންނުވާކަން މިފަހުން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ސިނަމާލެ ބުރިޖަށް އެއް އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އެސޯސިއޭޝަންއާ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންސާޔޫއެސްޔޫ ގުޅިގެން ކުރި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 59 ޕަސެންޓް މީހުން ބުނީ ސައިކަލްތަކުން ފީ ނަގަން ބޭނުންނުވާ ކަމަށެވެ.

ސަވޭގައި ބައިވެރިވި މީހުންގެ ތެރެއިން 26 ޕަސެންޓް މީހުން ބުނީ ފީގެ ގޮތުގައި ފަސް ރުފިޔާއަށްވުރެ ދަށް އަދަދެއް ކަނޑައަޅަން ފެންނަ ކަމަށެވެ. އަދި 10 ޕަސެންޓް މީހުން ބުނީ ފީގެ ގޮތުގައި 5-10 ރުފިޔާ ކަނޑައަޅަން ފެންނަ ކަމަށެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ ވެސް މިހާރު އެއް އަހަރު ވަނީ ވެފަ އެވެ.

ޓޮލް ފީ ނަގާނެ ނިޒާމެއް ހަމަޖެއްސުމަށް މި އަހަރުގެ ބަޖެޓުގައި 56 މިލިއަނަށްވުރެން ގިނަ ރުފިޔާ ކަނޑައެޅި ނަމަވެސް ޕްލޭނިިން މިނިސްޓްރީން އިއްޔެ ބުނީ ބުރިޖުގައި ދަތުރުކުރާ ވެހިކަލްތަކުން ޓޮލް ފީ ނަގަން އަދި ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވީ ބުރިޖުން ފީ ނެގުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަދި ބޮޑު ފީއެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

comment ކޮމެންޓް