އުސްފަސްގަނޑުގައި ސީސީސީސީ އިން އަޅާފައިހުރި ގެތައް ނަގަން ފަށައިފި

ބްރިޖުގެ މަސައްކަތުގައި އުޅުނު މީހުންގެ އެކޮމޮޑޭޝަން ބްލޮކު ހުރި ތަން ރޫޅާލުން --- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

މާލޭ އިރުމަތީ ފަރާތު އުސްފަންގަނޑުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިން އަޅާފައި ހުރި ގެތައް ނަގަން ފަށައިފިއެވެ.

ސީސީސީސީއިން އުސްފަސްގަނޑުގައި އަޅާފައި ހުރި ގެތަކަކީ ސިނަމާލެ ބްރިޖުގެ މަސައްކަތްކުރި އިރު، އެ މަސައްކަތް ކުރުމުގައި އުޅުނު މީހުންގެ އެކޮމޮޑޭޝަންއާއި ކުންފުނީގެ އޮފީސް ހިންގުމަށް ބޭނުންކުރި ސަރަހައްދެކެވެ.

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބްރިޖުގެ މަސައްކަތް ނިމި އަހަރެއް ވެފައިވާއިރު، ބްރިޖާ އިންވެގެން އޮންނަ ލޮނުޒިޔާރަތްކޮޅުގައިވެސް ބްރިޖު މަސައްކަތްކުރި ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެއް ހުއްޓެވެ. ނަމަވެސް އެތަން ރޫޅާލާ، އެ ސަރަހައްދުގައި މިހާރު ވަނީ ޕާކެއް ތަރައްގީކޮށްފައެވެ.

ސީސީސީސީގެ ސައިޓު ރޫޅާލި ނަމަވެސް، ބްރިޖު މެއިންޓެއިންކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެއެވެ. ކުންފުނީގެ މުވައްޒަފުން ދެން ތިބޭނީ ހުޅުމާލޭގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ބްރިޖުގެ މަސައްކަތުގައި އުޅުނު މީހުންގެ އެކޮމޮޑޭޝަން ބްލޮކު ހުރި ތަން ރޫޅާލުން --- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ސީސީސީސީއިން އުސްފަސްގަނޑުގެ އިތުރުން ލޮނުޒިޔާރަތްކޮޅާއި ހުޅުލެގައި ސައިޓު ގާއިމްކޮށްފައި ހުރީ، ރާވާލާ އިމާރާތްތަކަކުންނެވެ. ބްރިޖުގެ މަސައްކަތުގައި 1000 އެއްހައި މީހުން އުޅުނުއިރު އޭގެތެރޭގައި ޗައިނާއާއި ބަންގްލަދޭޝްގެ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބްރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދުވިއިރު، ބްރިޖު ހުޅުވާ ބޭނުންކުރަންފެށިތާ މިވަނީ އަހަރެއް ވެފައެވެ.

ބްރިޖުގެ މަސައްކަތުގައި އުޅުނު މީހުންގެ އެކޮމޮޑޭޝަން ބްލޮކު ހުރި ތަން ރޫޅާލުން --- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ބްރިޖު މަސައްކަތްކުރި މީހުންގެ އެކޮމޮޑޭޝަން ބްލޮކު ހުރި ސަރަހައްދަކީ މީގެކުރިން ގިނަ ބަޔަކު ހިތްހަމަ ޖައްސައިލުމަށް ގޮސް އުޅުނު ސަރަހައްދެކެވެ. ސީސީސީސީގެ އިމާރަތްތައް ނެގުމުން އެ ސަރަހައްދު ބޭނުންކުރާނީ ކޮންގޮތަކަށް ކަމެއް އަދި ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް