ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ އެޅުމަށް އެމްޑަބްލިއުއެސްއާ ހަވާލުކޮށްފި

ހަތަރު ރަށުގެ ފެނާ ނަރުދަމާގައި ސޮއި ކުރިން ---

ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ އެޅުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.

ހަތަރު ރަށެއްގެ ފެނާ ނަރުދަމާގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު ޕްލޭން މިނިސްޓްރީގައި އޮތް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސޮއި ކޮށްފައިވަނީ، ރ. ކިނޮޅަސް، ބ. ގޮއިދޫ، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށެވެ.

މި ހަތަރު ރަށުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ޑިރެކްޓަރު، ޝަނާ ފާރޫގެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ހަތަރު މަޝަރޫއަށް 163 މިލިއަނެއްހާ ރުފިޔާއަށް އަރައެވެ. ހަތަރު ރަށުގެ ވެސް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ 22 މަސް ދުވަސްތެރޭ ނިންމުމަށެވެ.

comment ކޮމެންޓް