ދިވެހިން ހުވަފެނީ މަންޒިލްތަކަށް ގެންގޮސްދޭ "ފަތުރުވެރިން"

ފަތުރުވެރިން މެދުވެރިކޮށް ކޮށްފައިވާ ދަތުރެއްގެ ފޮޓޯއެއް

ކުރީންނަމަ އަބަދުވެސް އަޑުއިވެނީ ރާއްޖެ އަންނަ ފަތުރުވެރިންގެ ވާހަކަ އެވެ. ނަމަވެސް މި ފަހަކަށް އައިސް، ދުނިޔޭގެ އެކި ގައުމުތަކުގެ ހިތްގައިމުކަމާއި، ރީތިކަން ތަޖުރިބާކޮށްލަން ދަތުރުކުރާ ދިވެހީންގެ އަދަދުވެސް މިދަނީ އިތުރުވަމުންނެވެ. މިފަދަ ދިވެހިންނަށް ހިދުމަތްދޭ ޓްރެވަލް އޭޖޭންސީތަކެއް މަދުން ނަމަވެސް ހަރަކާތްތެރިވެ އެވެ. މިގޮތުން މިފަހަކުން އެންމެ ބޮޑު މަގްބޫލުކަމެއް ލިބެމުންއަންނަ އެއް ޓްރެވަލް އޭޖެންސީ އަކީ " ފަތުރުވެރިން" އެވެ.

ޒުވާން ތިން ޕާޓްނަރުން ކަމުގައިވާ، ފާތުމަތު ލަމްއާ ލަތީފްއާއި، އަހުމަދު ލައިޒަމް ލަތީފްއާއި މުހައްމަދު އިޝާން ހަސަން ހިއްސާވެގެން އުފައްދާފައިވާ ފަތުރުވެރިން ރެޖިސްޓާކޮށް އޮޕަރޭޓްކުރަން ފެށުނީ 2018 ގައެވެ. އެހެންނަމަވެސް ރަސްމީކޮށް ހިދުމަތްކޮށްދޭން ފެށުނީ މިއަހަރުތެރޭގަ އެވެ.

ފަތުރުވެރިން މެދުވެރިކޮށް ކޮށްފައިވާ ދަތުރެއްގެ ފޮޓޯއެއް

ސ: 'ފަތުރުވެރިން' މިއީ ކޮން ބައެއް؟

ޖ: ފަތުރުވެރިން މިއީ އައުޓްބައުންޑް ޓްރެވަލް އޭޖެންސީއެއް. އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖެއިން ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ދަތުރުތައް ރާވާލަދީ ޓްރެވަލް އެކްސްޕަޓީސްދިނުން. ކޮންމެ ދަތުރަކީވެސް ތަފާތު، އަދި އެންމެ ފުރިހަމަ ދަތުރަކަށް ހެދުމަށްޓަކައި ދަތުރުގެ ހުރިހާ ކަމެއް ރާވާލަދިނުމުގެ ހިދުމަތް އަޅުގަނޑުމެންގެ ޓްރެވަލް ޑިޒައިނާޒްކޮށްދޭނެ.

ސ: މިއީ ކިހިނެއް ފެށުނު ކަމެއް؟

ޖ: މިކަން ފެށުނު ގޮތަކީ އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ދަތުރުކުރަން ހުންނަ ޝައުގުވެރިކަމުގެ ތެރެއިން. މިގޮތަށް ކުރެވޭ ދަތުރުތަކުގައި ވަރަށްގިނަ ބޭފުޅުން އެކުގައި ދިއުމަށް ނުވަތަ އެބޭފުޅުންނަށް ދަތުރެއް ރާވާލަދިނުމަށް ވަރަށް ގިނައިން އެދޭ. އެހެންކަމުން މިކަން ފުޅާދާއިރާއެއްގައި ކޮއް ގިނަ ބަޔަކަށް މި ހިދުމަތް ފޯރުކޮށްދެވި، މިއިން ކޮންމެ ބޭފުޅެއްގެވެސް ދަތުރު ނުވަތަ ހަނީމޫން ފަސޭހަކަމާއެކު ރާވަލަ ދިނުމަށް ފެށުނު ކަމެއް މިއީ.

ސ:'ފަތުރުވެރިން' އިން ލިބޭ ޚިދުމަތްތަކަކީ ކޮބާ؟

ޖ: ‎ޗުއްޓީ ހޭދަކުރުމަށް ނުވަތަ ހަނީމޫނަށް "ފަތުރުވެރިން" މެދުވެރިކޮށް ދާން ބޭނުންފުޅުވާ ފަރާތްތަކާއި އަޅުގަނޑުމެން ފުރަތަމަ ބައްދަލުކޮށް އެބޭފުޅުން ދާންބޭނުންވާ މަންޒިލެއް އަދި އެބޭފުޅުންގެ ސްޓައިލް ދެނެގަނެ ދަތުރުގައި ހާސިޒްވާން ބޭނުންވާ ކަންކަން އޮޅުންފިލުވަނީ. މިގޮތަށް ދަތުރުކުރައްވާ ބޭފުޅުންގެ މައުލޫމާތު ނެގުމައްފަހު އެބޭފުޅަކާއި ގުޅޭގޮތަށް އައިޓަނަރީ އެއްތައްޔާރުކޮށްދެނީ. މިގޮތަށް ތައްޔާރުކުރެވޭ އައިޓަނަރީގައި، ހިޔާރުކުރައްވާ ގައުމެއްގެ ގޮތުން ދެކޮޅު ޓިކެޓް، ވިސާ، ހުރުމާއި ކެއުން، ޓްރާންސްޕޯޓްގެ އިތުރުން ޓުއަރސް ވެސް އެކުލެވިދާނެ.

ފަތުރުވެރިން މެދުވެރިކޮށް ކޮށްފައިވާ ދަތުރެއްގެ ފޮޓޯއެއް

ސ: މި ޚިދުމަތްތައް ލިބެނީ ވަކި ގައުމުތަކަކަށްތަ؟ އެއީ ކޮން ގައުމުތަކެއް؟

ޖ: ‎މިވަގުތު އަޅުގަނޑުމެން ވަކިވަކި ގައުމުތަކަށް ހާއްސައެއް ނުވަން. އޭގެ ބަދަލުގައި ހުރިހާ ގައުމުތަކަކަށްވެސް ކަސްޓަމައިޒް ޕްލޭންތަކެއް އަޅުގަނޑުމެން ތައްޔާރުކޮށްދެން. އެއްގައުމަށް ނޫނީ އެއަށްވުރެ ގިނަ ގައުމުތަކަށްވެސް ރާވާލަދެން. އެެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި، ވަކިވަކި ގައުމުތަކަށް ހާއްސަކޮށްގެން ޕެކޭޖްތަކެއް ހެދުމުގެ ޚިޔާލު އެބަކުރަން.

ސ: ފަތުރުވެރިންނާއި، އެހެން ޓްރެވަލް ކޮމްޕެނީތަކާއި ހުރި ތަފާތުތަކަކީ ކޮބާ؟

ޖ: ‎ރާއްޖޭގައި މިހާތަނަށް ލިބެންހުރި ޓްރެވަލް ޕެކޭޖްތަކަށް ބަލާއިރު، ގިނައިން މިހުންނަނީ އެތަނަކުން ހިޔާރުކުރެވިގެން ތައްޔާރުކުރެވިފަ ހުރި ޕެކޭޖްތަކެއް. މާނައަކީ ދަތުރުވެރިންނަށް މާބޮޑު އިޚްތޮޔާރެއް ނޯވޭ.

އެހެންނަމަވެސް "ފަތުރުވެރިން" ދޭހިދުމަތުގައި، ދަތުރުކުރައްވާ ފަރާތްތަކުން އެދޭ ކަންކަން ދެނެގަނެ، އެކަން ކަން އެންމެ ފުރިހަމައަށް ހާސިލްވާނެ ގޮތަކަށް އައިޓަނަރީ ތައްޔާރު ކުރެވޭނެ. އަޅުގަނޑުމެން މި ތައްޔާރު ކުރަނީ އެ ކްލައިންޓެއްގެ ބަޖެޓަށް އެންމެ އެކަށޭނެ އަދި ވީ އެންމެ ފުރިހަމައަށް.

ސ: ދަތުރެއްކުރަން ބޭނުންނަމަ ފަތުރުވެރިން އިޚްތިޔާރު ކުރަންވީ ކީއްވެ؟

ޖ: އެންމެ ފުރަތަމަކަމަކަށް ކްލައިންޓުންގެ ބަޖެޓަށް އަޅުގަނޑުމެން އިޚްތިރަމްކުރަން. ފަޚްރުވެރިކަމާއެކު ބުނެލަން ބޭނުންވެ އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެހެން އޭޖެންސީތަކާއި ޚިލާފަށް އަގުހެޔޮ ޚިދުމްތަތަކެއް. ދަތުރުވެރިންގެ ވޮލެޓަށް ބާރުވުމަކީ އަޅުގަނޑުމެން އެދޭކަމެއް ނޫން.

އެޔާއެކު، އަޅުގަނޑުމްނެ މި ފޯރުކޮށްދެނީ ހަނދާނުން ފޮހެނުލެވޭނެ ތަޖުރިބާއެއް. ހަމައެކަނި ޓްރެވަލް އައިޓިނަރީ ދިނުމުގެ ބަދަލުގައި ދަތުރުގެ ހުރިހާ ކަމެއް، އެބޭފުޅަކު އިޚްތިޔާރުކުރައްވާ އެންމެ ފުރިހަމައަށް ރޭވުމަކީ އަޅުގަނޑުމެންގެ ޓާގެޓް.

ހަމައެޔާއެކު، އަޅުގަނޑުމެން ވާނީ ހަމަ ކްލައިންޓުންގެ ދެވަނަ ބެސްޓްފްރެންޑުންނަަށް. ދަތުރުފެށިގެން ނިމެންދެން ކްލައިންޓުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް އެންމެ ކައިރިިން ޚިދުމަތްދިނުމުގައި އަޅުގަނޑުމެން ތިބެން.

ފަތުރުވެރިން މެދުވެރިކޮށް ކޮށްފައިވާ ދަތުރެއްގެ ފޮޓޯއެއް

ސ: މިކަހަލަ މަސައްކަތަކަށް ރާއްޖޭގައި ފުރުސަތު އޮތްކަމަށް ގަބޫލުކުރަންތަ؟

ޖ: އާދެ. ރާއްޖޭގައި މިހާރު ވަރަށް ގިނަ ރާއްޖެއިން ބޭރަށް ތަފާތު ދަތުރުތައްކުރަން ބޭނުންވާ މީހުން. އެހެންވީމަ، މިފަދަ ވިޔަފާރިއަކަށް ވަރަށް ފުރުސަތުތައް އެބައޮތް.

ސ: މި ޕޭޖް މެދުވެރިކޮށް ދަތުރެއް/ހަނީމޫން ރާވާލަން ބޭނުންނަމަ ހަދަންޖެހޭ ގޮތަކީ ކޮބާ؟

ޖ: އަޅުގަނޑުމެން މެދުވެރިކޮށް ދަތުރެއް ރާވާލަން ބޭނުންވާނަމަ އަޅުގަނޑުމެންނަށް ގުޅާލައިގެންވެސް، ނޫނީ އީމެއިލް މެދުވެރިކޮށްވެސް ވާހަކަދެއްކޭނެ. ދެން ސޯޝަލް މީީޑިއާތައް ކަމުގައިވާ ފޭސްބުކް، އިންސްޓަގްރަމް އަދި ސްނެޕްޗެޓްގައި އަޅުގަނޑުމެންގެ ޕޭޖްތައް ވަރަށް އެކްޓިވްވާނެ.

މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޒުވާން ޖޯޝަކުން ގެނެސްދިން 'ފަތުރުވެރިން' މިވަނީ ވަރަށް ބޮޑު މަގްބޫލުކަމެއް އާންމުންގެ ތެރޭގައި ހޯދާފަ އެވެ. ފަސޭހައިން އަދި އަވަހަށް ހިދުމަތްދީ، ދަތުރުގެ ބައިވެރިން ބޭނުންވާފަދަ އުފާވެރި ދަތުރަކަށް 'ފަތުރުވެރިން' ހިޔާރުކޮށްލަން ރަނގަޅުވާނެ އެވެ.

comment ކޮމެންޓް