ރޯދަ ނުހިފި މީހަކު އެއްމަހަށް ޖަލަށް ލާން ހުކުމް ކޮށްފި

ކުރިމިނަލް ކޯޓު: ރޯދަ ނުހިފި މީހަކު ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރޯދަ މަހުގެ ދުވާލު ރޯދަ ނުހިފި މައްސަލައެއްގައި މީހަކު އެއް މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ 2017 ވަނަ އަހަރުގެ ރޯދަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު މަގުމަތީގައި ސިނގިރެޓް ބޮއިފާވާތީ ކަމަށް ބުނެ އެވެ. އެމީހާ ވަނީ އެކުށަށް އިއުތިރާފު ވެފަ އެވެ.

އެމައްސަލަ ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރޯދަ މަހު މަގުބޫލު އުޒުރެއް ނެތި ރޯދަ ނުހިފި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންވެ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ގާނޫނުލްއުގޫބާތުގެ 616 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގައި ވާގޮތުން ގަބޫލުކުރެވޭފަދަ ދީނީ ނުވަތަ ސިއްހަތާ ގުޅުން ހުރި ސަބަބެއް ނެތި ރޯދަމަހު ރޯދަ ނުހިފުމާއި ރޯދައަށް ހުރެ ރޯދަ ދޫކޮށްލުމަކީ ކުށެއް ކަމަށެވެ.

comment ކޮމެންޓް