ރާއްޖޭގެ 10 ދަރިވަރުންނަށް ހިލޭ ލިމްކޮކް ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ލިބިއްޖެ

މިނިސްޓަރު އަލީ ވަހީދު ލިމްކޮކް ޔުނިވާސިޓީގައި--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖޭގެ 10 ދަރިވަރުންނަށް ހިލޭ ލިމްކޮކް ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ލިބިއްޖެއެވެ.

މިއީ ޓޫރިޒަމް މިނިސްޓަރު މިހާރު މެލޭޝިއާއަށް ކުރައްވަމުންދާ ދަތުރުގައި ލިމްކޮކް ޔުނިވާސިޓީގެ އިސް ބޭފުޅުންނަށް ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ހޯއްދެވި ފުރުސަތެކެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުުމުގެ ގޮތުން މަޝްވަރާތައް ބާއްވަވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވި ހިލޭ ކިޔެވޭނެ ވަކި ދާއިރާތަކެއް އަދި ކަނޑަނާޅާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދުއަކީ ކުރިން ލިމްކޮކް ޔުނިވާސިޓީގެ ދަރިވަރެއްވެސް މެއެވެ. ލިމްކޮކްގެެ ދަރިވަރެއްގެ ހައިސިއްޔަތުން މިނިސްޓަރު ހޯއްދަވައިފައިވާ ކާމިޔާބީ ފާހަގަކޮށް އެ ޔުނިވާސިޓީން މިއަދު ވަނީ "ގްލޯބަލީ އިންސްޕިރޭޝަނަލް އެވޯޑެއްވެސް" އަލީ ވަހީދުއަށް އަރުވައިފައެވެ.

ލިމްކޮކް ޔުނިވާސިޓީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން ދެއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ލިމްކޮކް ޔުނިވާސިޓީއާއެކު ހެދި އެއްބަސްވންތަކާއެކު އެ ޔުނިވާސިޓީގައި ކިޔެވި ދެވހި ދަރިވަރުންގެ ދެބައި ކުޅަ އެއްބައި ޓިއުޝަން ފީވެސް ހިލޭ ވަނީ ކޮށްދީފައެވެ.

comment ކޮމެންޓް