މިއަދަކީ ވާތްތެރިންގެ ދުވަސް! ވާތްތެރިއަކު ޓެގް ކޮށްލާ!

ދުނިޔޭގައި ތަފާތު އެކި ކަންކަމަށް އެކި ގޮތް ގޮތުން އެކި ނަންނަމުގައި ދުވަސްތައް ފާހަގަ ކުރަމުން އާދެ އެވެ. އެގޮތުން އޮގަސްޓް 13، ފާހަގަ ކުރަމުން އަންނަނީ ބައިނައަގުވާމީ ވައަތްތެރިންގެ ދުވަހުގެ ގޮތުގަ އެވެ. ނިސްބަތުން ދުނިޔޭގައި ވައަތްތެރިން މަދު ނަމަވެސް އެމީހުންނަށްވެސް ހާއްސަ ދުވަހެއް މިއޮތީ ކަނޑައަޅާފަ އެވެ. ކިޔުންތެރިންގެ ތެރޭގައިވެސް ވައަތްތެރި އަކު ނުވަތަ އާއިލާ މެމްބަރަކު ނުވަތަ ރައްޓެއްސަކު ވެސް ހިމެނިދާނެ އެވެ.

ވައަތްތެރިންނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟

ވައަތްތެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ 1976 ވަނަ އަހަރު އެވެ. މިއަދު ފާހަގަ ކުރާ 43 ވަނަ ވައަތްތެރިންގެ ދުވަސް ފާހަގަ ކުރަން ފެށީ ދުނިޔޭގައި ނިސްބަތުން ކަނައަތްތެރިންނަށް ވުރެ މަދު، ވަތްތެރިން ބާކީ ކޮށްލެވިފައިވާތީވެ، އެމީހުނަނަށް ހާއްސަ ދުވަހެއް ފާހަގަ ކުރުމުގެ ގޮތުން އެވެ.

ދުވަހެއް ދުވަހަކަށް ވައަތްތެރިން އަންނަނީ ގިނަވަމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ 11 ޕަސަންޓް މީހުންނަކީ، ވައަތްތެރިންނެވެ. ނަމަވެސް އެ 11 ޕަސެންޓް މީހުންނަކީ ތަފާތު އެކި ދާއިރާތަކުން ފުންނާބު އުސް މީހުން ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ، އެމެރިކާގައި އެންމެ ފަހުން ވެރިކަން ކުރެއްވި އަށް ރައީސުންގެ ތެރެެއިން ފަސް ރައީސުންނަކީ ވައަތްތެރިންނެވެ. އެގޮތުން އެންމެ ފަހުން ފަސް އަހަރުގެ ދެ ދައުރު ފުރިމަމަ ކުރެއްވި ބަރަކް އޮބާމާ، ޖޯޖް.ޑަބްލިއު.އެޗް. ބުޝް، ބިލް ކްލިންޓަން އަދި ގެރަލްޑް ފޯޑް އަކީވެސް ވާތްތެރިންނެވެ. މީގެ ކުރިންވެސް އެމެރިކާގެ ރައީސްކަން ކުރެއްވި އެހެން ރައިސުންވެސް މި ލިސްޓުގައި ގުނާލެވޭނެ އެވެ.

ދުނިޔޭގެ މަޝްހޫރު މިއުޒިކީ ފަންނާނުންނާއި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ތެރޭ ވެސް ވާތްތެރިން ހިމެނުމަކީ ޔަގީން ކަށަވަރު ކަމެކެވެ. އަދި އެހެނިހެން ދާއިރާތަކުގައިވެސް ވާތްތެރިއަކު ނެތުމަކީ ނާދިރު ކަމެކެވެ.

އެގޮތުން މަޝްހޫރު ޕްރެޒެންޓަރު އޯޕެރާ ވިންފްރޭ އަދި މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އަކީ ވެސް ވާތްތެރިއެކެވެ. ދިވެހި ޒުވަނުންގެ މެދުގައި މަގުބޫލު ގިޓަރިސްޓް ޖިމި ހެންޑްރިކްސް އަކީވެސް ވާތުން ގީޓާ ކުޅޭ ވާއަތްތެރިއެކެވެ.

ވައަތްތެރިންގެ ތެރޭގައި ސައިންސްވެރިޔާ އަލްބާޓް އެއިންސްޓަންވެސް ހިމެނެ އެވެ. އިއްސާކް ނިއުޓަން، މެރީ ކުރުއު އަދި އަލަން ޓޫރިން އަކީ ވެސް ސައިނސްްވެރިންގެ ތެރޭގައި ގުނާލެވޭ ވާތްތެރިންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު