ބޮޑު އަގު ނެގި 15 ޓެކްސީއެއް އަނެއްކާވެސް ޖޫރިމަނާކޮށްފި

ބްރިޖު މަތީގައި ޓެކްސީގެ އިތުރުން އެހެން ވެހިކަލްތަކެއް: ގަވާއިދާ ހިލާފަށް ޓްކްސީ ކޮށްގެން 15 ޓެޖްސީ އެއް ވަނީ ޖޫރިމަނާ ކޮށްފައި ---

ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލާފައިވާ ގަވާއިދާ ހިލާފަށް ޓެކްސީ ކުރި 15 ޓެކްސީއަކަށް ފިޔަވަޅު އަޅައިފިއެވެ.

ކޮންމެ ހަފަތާއަކު ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން އާންމުކުރާ ވީކްލީ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުން މިދިޔަ ހަފްތާގައި ވަނީ 262 ވެހިކަލެއް ހުއްޓުވައި ޗެކް ކޮށްފައެވެ. އަދި އޭގެ ތެރެއިން 126 ފަރާތަކަށް ފިޔަވަޅު އެޅިއިރު އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ޓެކްސީ ކުރި 15 ފަރާތެއް ހިމެނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގަށް ވުރެ ގިނައިން ފައިސާ ނެގި ހަ ޑްރައިވަރަކު މީގެ ކުރިން ވެސް ފުލުހުން ޖޫރިމަނާކޮށްފައެވެ.

މާލެއާއި ހުޅުމާލެ އަދި ހުޅުލެއަށް ބްރިޖާއި ލިންކް ރޯޑުން ކުރާ ދަތުރުތަކަށް ޓެކްސީތަކުން އެމީހުން ބޭނުން އަގެއް ނަގަމުން ދަނިކޮށް ޓްރާންސްޕޯޓު އޮތީރިޓީއިން އަގުތަކެއް ކަނޑައަޅާފައެވެ. އަދި އެ އަގަށް ވުރެން ގިނައިން ނަގާނަމަ އެ އޮތޯރިޓީއަށް އެންގުމަށް ވަނީ ހޮޓްލައިނެއްވެސް ގާއިމުކޮށްފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީއަށް އެހީވުމުގެ ގޮތުން ފުލުހުން ވަނީ ބޮޑު އަގު ނަގާ ޓެކްސީތައް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުވެސް މީގެ ކުރިން ދީފައެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރު މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާއެވެ. މާލެ އަދި ހުޅުމާލެއިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާއަށެވެ. މީގެ ކުރިން މި ދަތުރުތަކަށް ޓެކްސީތަކުން ނަގަމުން ގޮސްފައިވަނީ 100 ރުފިޔާއެވެ.

މީގެ ކުރިން ރޭގަނޑު 12ގެ ފަހުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ނަގަމުން އައި އައުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ރޭގަނޑު 12އިން ހެނދުނު ހަޔަކާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގޭނެކަމަށް ކަނޑައަޅައިފައެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރާ ދަތުރުތަކަށް ޗާޖު ކުރަނީ 25 ރުފިޔާއެވެ.

comment ކޮމެންޓް